އާންމު ތަނެއްގައި ހުރެ ޖިންސީ ގުނަވަން ދެއްކި އިންޑިއާ ފިރިހެން މީހެއް ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ބިދޭސީއަކު މަސްތުގެ ހާލަތުގައި ހުރެ ޖިންސީ ގުނަވަން ދެއްކި މައްސަލައެއް ރޭ 9:57 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެމީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާ ފިރިހެނެކެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ވެސް ހާމަކޮށްފައިނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ މީހާ މަސްތުގެ ހާލަތުގައި ހުރެ، ޖިންސީ ގުނަވަން ދައްކަމުން ދިޔައީ ގިނަ މީހުން ޖަމާވެފައި އޮންނަ އާޓިފިޝަލް ބީޗުގަ އެވެ. އެ ސަރަހައްދު އޭނާ ހިފަހައްޓާފައި ވަނީ އެތަނުގައި ތިބި އާންމުގެ ބައެކެވެ.
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި ސެންޓަރެއް
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
މައިކަލް ޖެކްސަން ބައޮޕިކްގެ ޓްރެއިލާ ނެރެފި
