ބޮލުން ހަންފޮޅުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ އާންމު މައްސަލަ އެކެވެ. އާންމުކޮށް ބޮލުން ހަންފޮޅެން މެދުވެރިވަނީ ހަންގަނޑު ހަލާކުވުމުންނާއި ހަންގަނޑު މާ ބޮޑަށް ހަރުވެ ހިކުމުންނެވެ. ބައެއް ފަހަރު އެލާޖީއެއްގެ ސަބަބުންވެސް ހަންފޮޅެން މެދުވެރިވެ އެވެ. ހަންފޮޅުން އާންމުކަމަކަށް ވެފައިވާއިރު ބޮލުން ހަންފޮޅުން ހުއްޓުވުމަށް ކުރެވިދާނެ އެތަކެއް ކަމެއް އެބަހުއްޓެވެ. އެގޮތުން ބައެއް ކަންތަށް ތިރީގައި އެވަނީއެވެ.

ބޭކިން ސޯޑާ

ބޭކިން ސޯޑާއަކީ ހަންފޮޅުން ހުއްޓުވުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެއީ ބޭކިން ސޯޑާއަކީ ޖަރާސީމު ފިލުވުމުގެ ގާބިލްކަން ލިބިފައިވާ އެއްޗަކަށްވާތީ އެވެ. އެހެންކަމުން ބޯ ދޮވުމަށްފަހު ބޭކިން ސޯޑާ ބޮލުގައި ރަނގަޅަށް ހޭކުމުންވެސް ހަންފޮޅުން ހުއްޓުވުމަށް އެހީވެދެ އެވެ.

އޮލިވް އޮއިލް

މިއީ ބޮލަށް އެންމެ ބޮޑަށް ފަރުވާއެއް ލިބިދޭ ތެލެވެ. މިގޮތުން ބޯ ދޮންނަ އިރު ޝޭމްޕޫއާއިއެކު މި ތެޔޮ ބޭނުން ކުރުމަކީ ރަނގަޅު ގޮތެކެވެ. އެތެލުގައި ހަންގަނޑަށް ފައިދާ ލިއްބައިދޭ މާއްދާތަށް ގިނަ އަދަދަކަށް އެކުވެލިވެ އެވެ.

ކާށި ތެޔޮ

ކާށިތެ ލަކީވެސް ހަންފޮޅުން ހުއްޓުވުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އެއީ ކާށިލެތަލީ ހަންގަނޑުގެ ދުޅަހެޔޮ ކަމަށް ބޭނުން ކުރުން މުހިންމު ތެލެކަށް ވާތީއެވެ. އެހެންކަމުން ބޯ ދޮވުމުގެ ކުރިން ކޮންމެ ދުވަހަކު ކާށިތެތެލުން ބޯ ރަނގަޅަށް މަސާޖު ކޮށްލާށެވެ.

ލުނބޯ

ކޮންމެ ދުވަހަކު ލުނބޯ ހުތް ފެނަށް އަޅައިގެން ބޯ ރަނގަޅަށް ދޮންނާށެވެ. މިކަމުގެ ސަބަބުން ހަންގަނޑުގައިވާ ޖަރާސީމު ނެތިގެން ގޮސް މަރުވެފައިވާ ހަންގަނޑުގައިވާ ސެލް ތަކުގެ އަދަދު މަދުކޮށްދެ އެވެ.

ރާހުތް

މިއީވެސް ހަންފޮޅުވުމުން ދުރުކޮށްދޭ އެއްޗެކެވެ. މީގައި އެންމެ އެދެވޭ ގޮތަކީ ފެނާއި އެއްކުރުމަށްފަހު ބޮލަށް އެޅުމެވެ. އަދި 15 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ރަނގަޅަށް ބޯ ދޮވުމެވެ. މިގޮތަށް ދުވާލަކު ދެއިރު ކަންތަށް ކުރުމުން ވަރަށް އަވަހަށް ބޮލުން ހަންފޮޅުން ހުއްޓިގެންދެ އެވެ.