ދަރިޔަކު ލިބެން އުޅޭ ވާހަކަ އިއުލާނު ކުރިތާ މާގިނަ ދުވަހެއް ނުވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް ގެ ދަރިފުޅު ބައިގެން ގޮސްފި އެވެ.
މި ހަބަރު ހިއްސާކޮށްފައިވަނީ ބްރިޓްނީ އާއި އޭނާގެ ބައިވެރިޔާ ސާމް އަސްގަރީގެ އިންސްޓަގްރާމްގައި އެވެ.
ސޭމް އަސްގަރީ ބުނީ މިއީ ދެ މީހުންނަށް ވެސް ވަރަށް ހިތްދަތި ވަގުތެއް ކަމަށާއި ލިބެން އުޅުނު ދަރިފުޅު، ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ބީވެގެން ދިއުމަކީ ވަރަށް ފުން ހިތާމައެއް ކަމަށާއި ހިތް ހަލާކު ވެފައިވާ ކަމަށެވެ.
މިގޮތަށް ދިމާވި ނަމަވެސް އެމީހުންގެ މެދުގައިވާ ލޯތްބަށް އެއްވެސް އަސަރެއް ނުކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
ދަރިއަކު ލިބެން އުޅޭކަން ބްރިޓްނީ އިއުލާން ކުރީ މިދިއަ މަހުގެ ތެރޭގައި އެވެ.
40 އަހަރުގެ ބްރިޓްނީ އާއި 28 އަހަރުގެ އަސްގަރީ މިއީ އެމީހުންގެ އަލަތު ދަރިފުޅެވެ.
.