މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އަސާސީ ގަވާއިދަށް އިސްލާހު ހުށައަޅަން ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޕާޓީން މިއަދު ބުނީ އެމްޑީޕީ ކޮންގްރެސް 2022 އަށް ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުއްވުމުގެ ފުރުސަތު މިއަދު ހުޅުވާލާ ކަމަށެވެ. އެ ފުރުސަތު ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.
އިސްލާހު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ގޫގުލް ފޯމެއް ފުރައިގެންނެވެ. އެއް މާއްދާއަށްވުރެ ގިނަ މާއްދާއަށް ނުވަތަ އެއް އިސްލާހަށްވުރެ ގިނަ އިސްލާހު ހުށަހަޅާ ނަމަވެސް އިސްލާހު ހުށަހަޅުއްވާ މާއްދާ އެނގޭނެހެން އެއް ފޯމަކުން ހުށަހެޅުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ. އަދި އިސްލާހުގެ ޕީޑީއެފް އަދި ވާޑް ފައިލްވެސް އެޓޭޗް ކުރުމަށް އެދިފައިވެ އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދަށް އިސްލާހު ހުށައަޅަން ހުޅުވާލާފައިރު ދާދި ފަހުން ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ވަރަށް ވާދަވެރި ކޮށް ޗެއާޕާސަންގެ މަގާމަށް ހޮވި ވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު އެވެ. ފައްޔާޒްވަނީ އެމްޑީޕީގެ ހިންގުން ހަރުދާނާ ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. އަދި އެޕާޓީގެ ދަފްތަރުގައި ތިބި އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުން ވަކި ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން 25،000ރ. ހޯދިދާނެ
ޕެނަލްޓީ ޖަހައިގެން ޖަރުމަން ކަޓުވާލައިފި
ހޮލީވުޑް: ޖުލައި މަހު ރިލީޒްކުރާ މަޝްހޫރު ފިލްމުތައް!