ހިކަނދިފަތަކީ ހަމައެކަނި ކެއްކުމުގައި ބޭނުން ކުރެވޭނެ އެއްޗެއް ނޫނެެވެ. ހަށިގަނޑަށް ލިބޭ ފައިދާގެ އިތުރުން އެހެން ފައިދާތައް ވެސް ހިކަނދިފަތުން ހޯދިދާނެ އެވެ. ހާއްސަކޮށް ރީތި ވުމަށްވެސް ހިކަނދަތަކީ ބޭނުން ކުރެވޭނެ އެއްޗެކެވެ.

ބޮލުގައި ހަންފޮޅި ނުވަތަ އިސްތަށި ފައިބާ، އިސްތަށިގަނޑު ނުރަ ވާނަމަ ހިކަނދިފަތާއި ކާށި ތެޔޮ ބޭނުން އެއްކޮށްގެން ބޭނުން ކުރާށެވެ. ކާށި ތެޔޮ އަދި ހިކަނދިފަތަކީ އިސްތަށިގަނޑު ވަރުގަދަކޮށްދީ، އަދި އިސްތަށިގަނޑަށް އަރާ ފުސްކަން ފިލުވާލުމަށް ރަނގަޅު ފަރުވާ އެކެވެ. މާގިނައިން އިސްތަށި ފައިބާނަމަ ހިކަނދިފަތް އަދި ކުޑަ ކިރު ކޮޅަކާއި އެއްކޮށް އޮލަކޮށް ގިރާލުމަށް ފަހު އިސްތަށިގަނޑުގައި ހާކާށެވެ.

އޭގެ އިތުރުން މޫނުގައި ބިހި ނަގާނަމަ ކުޑަ ރީނދޫ ކޮޅަކާއި މުގުރާފައި ހުރި ހިކަނދިފަތްކޮޅެއް އެއްކޮށްލުމަށްފަހު މޫނުގައި އުނގުޅާށެވެ. ބޭނުންނަމަ ފޭސްޕެކެއް ގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެވެ، ފޭސްޕެެކެއްގެ ގޮތުގައި ބޭނުން ކުރާނަމަ އެއް ކުރާއިރު ފިިނި ފެން ކޮޅެއް އެއްކޮށްލެވިދާނެ އެވެ.

ހިކަނދިފަތް އާންމުކޮށް ބޭނުން ކުރެވެނީ ކެއްކުމުގައާއި ކެއުމުގަ އެވެ. އެގޮތުން ހިކަނދިފަތުން ހަށިގަނޑަށް ކުރާ ފައިދާތަކަށް ބަލާލާނަމެވެ.

ހަކުރުބަލި ހުންނަ މީހުންނަށް މިއީ ރަނގަޅު ބޭހެކެވެ. ކެއުމުގައި ހިކަނދިފަތް ބޭނުން ކުރާނަމަ ލޭގައި ހަކުރު ހިމެނޭ މިންވަރު ކުޑަކޮށްދެ އެވެ. އަދި ބަރުދަން ލުއި ކުރުމަށްވެސް ހިކަނދިފަތް މިއީ ހާއްސަ އެއްޗެކެވެ. ޑައިޓް ކުރާ ފަރާތްތަކުން ހިކަނދިފަތް ގަވައިދުން ބޭނުން ކުރާނަމަ އަވަހަށް ބަރުދަން ލުއިވުމަށް އެހީވެދެ އެވެ.

އޭގެ އިތުރުން ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށްވެސް ހިކަނދިފަތް އެހީތެރިވެދެ އެވެ. ހާއްސަކޮށް ލޭގައި ހިމެނޭ ކޮލެސްޓްރޯލް ލެވެލް ދަށްކޮދީ ހަށިގަނޑަށް ބޭނުންވާ ވަރަށް އެންޑިއޮކްސިޓެންޑްސް ފޮނުވާދެ އެވެ.