ހިކުމަށްޓަކައި ވަރަށް ގިނަ މީހުން އެކި ކަންތައް ކުރެ އެވެ. ބައެއް މީހުން ނުކައި ނުބޮއެ ހުސްބަނޑާ ހާންތި ވާއިރު އަނެއް ބަޔަކު ކަސްރަތު ކުރުމުގައި ވަގުތު ހޭދަކުރެ އެވެ. ނަމަވެސް ހިކެން ބޭނުން ނަމަ މިހުރިހާ މަސައްކަތެއް ނުކޮށް ބަރުދަން ލުއި ކުރަން މިއޮތީ މޮޅު އުކުޅެކެެވެ.
ފޮނި ތޮއްޓަކީ ސިއްޙަތަށް އެތައް ގޮތަކުން ފައިދާ ހުރި އެއްޗެކެވެ. މިގޮތުން ފޮނި ތޮށީގައި ހިމެނޭ އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާކު ވުމުން ދުރުކޮށްދެ އެވެ. އެއާއެކު އިންފެކްޝަންތަކުން ދުރުކޮށް ދިނުމަށްވެސް ފޮނި ތޮއްޓަކީ މޮޅު ފަރުވާ އެކެވެ.
އޭގެ އިތުރުން މެޓަބޮލިޒަމް ރޭޓް އަވަސް ކުރުމަށްވެސް ފޮނި ތޮށި އެހީވެއެވެ. މިސަބަބަށްޓަކައި ހިކެން ބޭނުންނަމަ ފޮނި ތޮށީގެ ބޭނުން ކުރެވިދާނެއެވެ.
ހިކެން ބޭނުންނަމަ ނިދުމުގެ ދޮޅު ގަޑިއިރު ކުރިން ތިރީގައިވާ ބުއިން ބޯލާށެވެ. ވަރަށް އަވަހަށް ނަތީޖާ ފެންނާނެ އެވެ.
ބޭނުންވާ ތަކެތި
- 2 ސަމުސާ ފޮނިތޮށި (މުގުރާފައި)
- 1 ޖޯޑު ފެން
- 1 ސަމުސާ މާމުއި
ހަދާނެ ގޮތް
ހޫނު ފެން ތައްޓަށް މުގުރާފައިހުރި ފޮނި ތޮށި އަޅާށެވެ. ދެން އެޔަށް މާމުއި ކޮޅެއް އެއްކޮށްލާށެވެ. އެންމެ ރަނގަޅީ މުގުރާފައި ހުންނަ ފޮނިތޮށި ޕެކެޓު ގަތުމަށްވުރެ ގޭގައި ފޮނިތޮށި މުގުރުމެވެ.