ޗައިނާ ހިމެނޭގޮތަށް އެކި ގައުމުތަކުން ރާއްޖެއިން ނަގާފައިވާ ލޯނުތަކަކީ އެ ލޯނުތައް ނުދެއްކިއްޖެނަމަ، ބަދަލު ދިނުމަށް އެއްބަސްވެ ދޫކޮށްފައިވާ ލޯނުތަކެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ އެ ލޯނުތައް ނުދެއްކިއްޖެނަމަ ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ވިއްކާލަން ޖެހޭގޮތަށް އެއްބަސްވެފައިނުވާނެ ކަމަށެވެ.
"ރާއްޖޭގެ އެއްވެސް އެއްޗެއް ހުރީ ގައުމުގެ އެއްޗެއް މޯގޭޖް ކުރަންޖެހޭ ގޮތަކަށް ނޫން،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު އެފަދައިން ވިދާޅުވީ ޗައިނާގެ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެކުރިން ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކޮށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލއްގެ ޖަވާބުގަ އެވެ.
ތަކެތި މޯގޭޖްކޮށްގެން ބޮޑު އަދަދުން ލޯނު ދޭން އޮފާތައް އަންނަ ކަމަށާއި ނަމަވެސް އެފަދަ އޮފާތަކަށް ނޫނެކޭ ބުނެފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކާ ގުޅޭގޮތުން ރައީސް ނަޝީދު މީގެކުރިން ތަފާތު އެކި ވާހަކަތައް ދައްކަވާފައިވެ އެވެ. އެ ވާހަކަތައް އޭރުގެ ސަރުކާރުގެ އިސްވެރިން ވެސް ވަނީ ދޮގުކުރައްވާފަ އެވެ.
ސަމާހު ވަކިކުރީ "އޮބި ނޯންނަވަރަށް ވައްކަން ކުރާތީ": އަމާނީ
ސަމާހުގެ ލީކުވި އޯޑިގައި ބުނާ އަޒުހަދު މަގާމުން ދުރުކޮށްފި
ވައިގެ އުނދަގޫތައް މާ ގިނައިން ކުރިމަތިވަނީ ކީއްވެ؟
