ށ. ފުނަދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ފުނަދޫ ބިން ހިއްކުމުގެ މަސައްކަތް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި ބިން ހިއްކަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފުނަދޫގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ފުނަދޫ ބިން ހިއްކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާ އެ މަސައްކަތް ކުރިއަށްގެންދަވާނެކަން ރައީސް ހާމަކުރެއްވި އެވެ. އަދި ރަށްގިރުމުގެ މައްސަލައަށްވެސް އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ފުނަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް 15 ކްލާސްރޫމުގެ އެޅުމުގެ މަސައްކަތް ކުރިއަށްއެބަދާކަމަށާއި، އަމާޒަކީ މިއަހަރުގެ ޑިސެމްބަރުމަހަށް އެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށްވެސް ރައީސް ވިދާޅުވި އެެވެ. އަދި ސްކޫލަށް މިވަގުތު އެންމެ ބޭނުންޖެހިފައިވާ ސްޓާފް ރޫމެއް ހިމެނޭގޮތަށް އޮފީސް އިމާރާތެއް ހެދުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިދެއްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ސައުތު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16 އަށް
މައުލޫމާތު ހާމަނުކޮށްގެން އެންމެ ގިނަ ޝަކުވާ އެޗްޑީސީއަށް
ހޮލީވުޑް: ޖުލައި މަހު ރިލީޒްކުރާ މަޝްހޫރު ފިލްމުތައް!
މަނިކުފާނައް 2023ވެސް ޔަގީންވީތަމިހާރު