އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކުރުމާ ގުޅިގެން ޓެކްސީ ޑްރައިވަރުން އަގުބޮޑު ކުރަން ނިންމައިފި އެވެ.
ޓެކްސީ ޑްރައިވަރަކު ބުނީ ފިއުލް ސާޗާޖްގެ ގޮތުގައި ކޮންމެ ދަތުރަކަށް އިތުރަށް ފައިސާ ނަގަން ނިންމާފައިވާ ކަމަށެވެ. ތެލުގެ އަގު އެތައް ގުނައެއް ބޮޑުވިޔަސް ޓްރާންސްޕޯޓް މިނިސްޓްރީން ޑްރައިވަރުންނާ މެދު ނުވިސްނާ ކަމަށް ވެސް ޑްރައިވަރުން ބުންޏެވެ.
ޓެކްސީ ދަތުރުތަކުގެ އަގަށް ގެނައި ބަދަލުތައް
މާލޭގެ އެތެރޭގެ ދަތުރުތަކަށް 40 ރުފިޔާހުޅުމާލޭ އެތެރޭގެ ދަތުރުތަކަށް 40 ރުފިޔާހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް 40 ރުފިޔާމާލެއިން ހުޅުމާލެއަށް 85 ރުފިޔާމާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް 95 ރުފިޔާމާލެއިން އެއާޕޯޓަށް 85 ރުފިޔާހުޅުމާލޭއިން އެއާޕޯޓަށް 85 ރުފިޔާހުޅުމާލޭ ދެވަނަ ފިޔަވަހިން އެއާޕޯޓަށް 100 ރުފިޔާމާލޭއިން ސީޕްލޭން ފަޅިއަށް 95 ރިފޔާހުޅުމާލޭއިން ސީޕްލޭން ފަޅިއަށް 95 ރުފިޔާދެވަނަ ފިޔަވަހިން ސީޕްލޭން ފަޅިއަށް 120 ރުފިޔާ
ރޭގަނޑު 12 ގެ ފަހުން 6 ޖެހުމާ ހަމައަށް ކުރާ ކޮންމެ ދަތުރަކަށް އިތުރަށް ފަސް ރުފިޔާ ނަގަން ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި ތެލުގެ އަގު ބޮޑުވުމުން މީގެކުރިން ވެސް ޓެކްސީ ޑްރައިވަރުން އަގު ބޮޑު ކުރި އެވެ. އެފަހަރު އަގުތައް ބޮޑު ނުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނުމުން ޓެކްސީ ޑްރައިވަރުން ވަނީ ބޮޑު އިހްތިޖާޖެއް ވެސް ކޮށްފަ އެވެ.
ޓެކުސީ ތަކުގެ އަގުތައް ރަގަޅު