ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވަރްޔާ ރާއީ ކައިވެނި ކުރި ދުވަހަކީ އިންޑިއާގެ އެތައް ޒުވާން ފިރިހެނުންނެއްގެ ހިތް ކުދިކުދިވި ދުވަހެއްކަން ޔަގީނެވެ.

އައިޝްވަރްުޔާ އަކީ އިންޑިއާގައި ފާހަގަކޮށްލެވޭ އެކްޓަރެއްގެ އިތުރުން ރީތީގެ ރާނީގެ މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ ފަންނާނެކެވެ. ހަމައެހެންމެ ބޮލީވުޑްގައި އައިޝްވަރްޔާ ވަނީ އޭނާގެ ހާއްސަ މަގާމެއް ހާސިލްކޮށްފަ އެވެ.

އައިޝްވަރްޔާ އާއި މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަންގެ ފިރިހެން ދަރިފުޅު، އަބީޝޭކް ބައްޗަންއާ ކައިވެނި ކުރީ 2007 ވަނަ އަހަރު އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގަ އެވެ.

ދެމަފިރިން އެކީގައި އުޅޭތާ، 15 އަހަރުވެފައިވާއިރު، ކައިވެނީގެ ކުރިން އައިޝްވަރްޔާގެ ހިތުގައި އަބީޝޭކަށް އެއްވެސް ލޯބީގެ އިހުސާސެއް ކުރެވިފައި ނުވާކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝޯއެއް ކަމަށްވާ "ކޮފީ ވިތް ކަރަން" ޝޯގައި ކަރަން ވަނީ އައިޝްވަރްޔާއަށް ދުވަހަކު ވެސް ގަޔާވެވޭ ފަދަ އިހުސާސެއް ނުކުރެވޭ، އޭނާއަށް ވުރެ އުމުރުން ހަގު ތަރިއެއްގެ ނަން ހާމަކުރުމަށް ބުނެފަ އެވެ.

އެ ސުވާލަށް ޖަވާބުދެމުން އައިޝްވަރްޔާ ބުނެފައިވަނީ އޭނާގެ ފިރިމީހާގެ ނަމެވެ. އެގޮތުން އައިޝްވަރްޔާގެ ފިރިމީހާ އޭނާއަށް ވުރެ ހަގު ވާނެ ކަމަށާއި، ކައިވެނީގެ ކުރިން ދުވަހަކު ވެސް އަބީޝޭކާ މެދުގައި ގަޔާވެވޭފަދަ އިހުސާސެއް ކުރެވިފައި ނުވާކަމަށް އޭނާ ބުނެފައިވެ އެވެ.

އެހެންނަމަވެސް އެދެފަންނާނުން ވެސް ކައިވެނީގެ ފަހުން ދެމީހުން ދެކެ ލޯބިވާ މިންވަރު އާންމުންނާ ހާމަކޮށްފައިވެ އެވެ. އަދި އެ ދެމަފިރިންނަށް އަންހެން ކުއްޖަކު ވެސް ހުރެ އެވެ.