އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަގުމަތީގައި އުޅޭ އާންމުން ގަޔަށް ކުލަ އާއި ފެން ޖެހުން ގދ. ފިޔޯރީ ކައުންސިލުން މަނާކޮށްފި އެވެ.

ފިޔޮރީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އީދު ފާހަގަ ކުރުމުގެ ނަމުގައި މަގުމަތީގައި އުޅޭ އާންމުންގެ ގަޔަށް ކުލަ ޖެހުމަކީ މަދުން ނަމަވެސް ފެންނަ ކަމެއް ކަމަށެވެ. އެހެން ކަމުން މާދަމާ ފާހަގަކުރާ ބޮޑު އީދު ދުވަހާ ގުޅިގެން އެރަށުގައި ފެނާއި ކުލަ ޖެހުން ފަދަ ކަންކަން ކުރުމަކީ މަނާ ކަމެއް ކަމަށް ފިޔޮރީ ކައުންސިލުން ބުންޏެވެ.

"ވީމާ މި ހިނގާ 1443 ވަނަ އަހަރު އަޟުޙާ އީދުގައި އާންމު ތަންތާގައި އާންމުންގެ ގަޔަށް ކުލަ ޖެހުން ފަދަ ކަންކަން ކުރުމަކީ މަނާކަމެކެވެ." ކައުންސިލުން ބުންޏެވެ.

ފިޔޮރީ ކައުންސިލުން ބުނީ އީދުތައް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ މުސްލިމުންގެ ތެރޭގައި އޮންނަ އަޚުވަންތަ ކަމުގެ ގުޅުންތަށް ބަދަހިކޮށް ދީނީ ހަމަތަކުގެ ތެރެއިން މުޅި މުޖުތަމައުގައި އުފާވެރިކަން ފަތުރާލުން ކަމަށެވެ.

https://www.facebook.com/photo?fbid=374089018142856&set=a.222345703317189

ފިޔޯރީ ކައުންސިލުން ވަނީ ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއްދީ މުޖުމަތައު އަމާން އޮމާންކުރުމަށް އަޅާ ފިޔަވަޅުތަކަށް ކައުންސިލަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.