ބޮލީވުޑްގެ މަޝްހޫރު ތަރި އާލިޔާ ބާޓް، އޭނާގެ ފިރިމީހާ، ރަންބީރު ކަޕޫރުގެ ކުރީގެ ލޯބިވެރިންނާއި މެދުގައި ދެކޭ ގޮތް ހިއްސާކޮށްފި އެވެ.

މީގެ ދުވަސްތަކެއް ކުރިން ރަންބީރާއި އޭނާގެ ލޯބިވެރިޔާ އާލިޔާ ބާޓް ކުލަގަދަކޮށް އެމީހުންގެ ކައިވެނި ފާހަގަކޮށްފައިވާއިރު، އެ ދެމީހުން ވެސް މިހާރު ދަނީ މަސައްކަތާއިގެން ކުރިއަށެވެ.

ހަަމައެހެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝޯއެއް ކަމުގައިވާ "ކޮފީ ވިތް ކަރަން" ގައި ކަރަން އާލިޔާ އަށް ކުރި ސުވާލަކަށް ޖަވާބުދެމުން އާލިޔާ ވަނީ އޭނާގެ ޒާތީ ގިނަ ވާހަކަތައް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އޭނާގެ ގިނަ ފޭނުން ޔަގީނުން ވެސް ބަލަން ބޭނުންވާނެ މައުލޫމާތެކެވެ. އާލިޔާ އާއި ރަންބީރުގެ ކުރީގެ ލޯބިވެރިންނާ އޮތް ގުޅުމާ ގުޅޭ އެކި ވާހަކަތަކެވެ.

އެގޮތުން ކަރަން ވަނީ ރަންބީރުގެ ކުރީގެ ލޯބިވެރިންނާ މެދުގައި އާލިޔާ ދެކޭގޮތް އޭނާގެ ގާތުގައި އަހާފަ އެވެ. މި ސުވާލަށް ޖަވާބުދެމުން އާލިޔާ ބުނީ، ރަންބީރު ލޯބީގެ ގޮތުން ގުޅުނު މީހުންގެ ތެރެއިން އޭނާއަށް އެނގެނީ ދެ މީހެއް ކަމަށެވެ. އަދި އެއީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ކެޓްރީނާ ކެއިފް އާއި ދީޕިކާ ޕަޑުކޯން ކަމުގައި އޭނާ ފާހަގަކޮށްފައިވެ އެވެ.

އާލިޔާ ބުނިގޮތުގައި ރަންބީރުގެ ކުރީގެ ލޯބިވެރިން ކަމަށް ވީތީ، އޭނާގެ ހިތުގައި އެމީހުންނަށް ނުރުހުންތެރިކަން ހުންނާނެކަމަށް ގިނަ ބަޔަކު ހީކުރާކަމަށް އާލިޔާ ބުނެފައިވެ އެވެ. ނަމަވެސް އެކަން އޮތީ އެހެން ނޫންކަމަށާއި، އާލިޔާއާ އެދެ ތަރިންނާއި ގުޅުން ރަނގަޅުކަމަށް އޭނާ ބުނެފައިވެ އެވެ. ހަމައެހެންމެ އެދެތަރިންނަށްވެސް އާލިޔާ ލޯބިވާކަމަށް އޭނާ ބުންޏެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކޮށްފައި ވަނީ މުމްބާއީގައި ހުންނަ ރަންބީރުގެ ގޭގަ އެވެ. އަދި އެ ދެ ފަންނާނުންގެ ކައިވެންނި ބާއްވާފައިވަނީ މަދު ބަޔަކަށް ދައުވަތުދީގެންނެވެ