ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
އިންޑިއާ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.
މިދަތުރުފުޅުގެ މަގުސަދަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ވިޔަފާރި އާއި އެހެނިހެން ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރުން ހިމެނެ އެވެ.
ރައީސް ސޯލިހުގެ މިދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީއަށް ވަޑައިގަތުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން މީޑިއާގައި ރިޕޯޓް ކުރިނަމަވެސް ރައީސް އޮފީހަކު މިކަމާއި ގުޅިގެން ވަކި އެއްޗެއް އަދި ހާމައެއް ނުކުރެ އެވެ.
މިސަރުކާރަކީ އިންޑިއާ އާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ސަރުކާރެކެވެ. އަދި މިސަރުކާރުން ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަނީ އިންޑިއާގެ ކުންފުނިތަކާއި ހަވާލުކޮށްގެންނެވެ. އަދި މަޝްރޫއުތަކަށް އިންޑިއާއިން ލޯނު ނަގާފައިވާކަން ފާހަގަ ކޮށްލެވެ އެވެ.
ރައީސް ސޯލިހު އެންމެ ފަހުން އިންޑިއާއަށް ދަތުރުފުޅެއް ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ދިރާގުގެ ރަން ކާށި ބިނދެގެން އަގުހުރި އިނާމުތަކެއް!
ޖެނީވާގައި ރާއްޖެއިން ކުށްވެރިކުރީ އީރާނު އެކަނި
"ފަލަސްތީނު މުސްލިމުން ގަތުލުކުރާ ތަން ދެކެން ދެން ކެތެއް ނުވާނެ"