ކޮލަމްބޯ (22 ޖުލައި) - އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ސްރީލަންކާގެ ހުސްވެފައިވާ ބޮޑު ވަޒީރު ކަމުގެ މަގާމަށް ރާޖަޕަކްސަ އާއިލާއަށް ވާގިވެރިވާ ދިނޭޝް ގުނަވަރްދަނަ އައްޔަން ކޮށްފި އެވެ.
ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމު މުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ރަނިލް ވިކްރަމަސިންގެ މަޖިލީހުގެ ތާއީދާއެކު އެ ގައުމުގެ ރައީސްކަމަށް އިސް ވުމުންނެވެ. ރަނިލް ރައީސްކަމަށް އިސްވެ ވަޑައިގަތީ ރައީސްކަމުގައި ހުންނެވި ގޮޓަބަޔަ ރާޖަޕަކްސަ ގައުމުން ފިއްލަވައި މަގާމުން އިސްތިއުފާ ދިނުމުންނެވެ.
އުމުރުން 73 އަހަރުގެ ދިނޭޝްއަކީ ސްރީލަންކާގެ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ފަރާތަކަށް ވާއިރު، މީގެ ކުރިން ވެސް ސަރުކާރުގެ އެކި ފެންވަރުގެ މަގާމުތައް އޭނާ ވަނީ ފުރުއްވާފަ އެވެ.
ސްރީލަންކާގެ އިގްތިސާދު މޮނީޓާ ކުރުމުގައި ކުރީގެ ސަރުކާރުން ގެންގުނު ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ އާއްމުން ވަނީ ސަރުކާރުގެ އިސްތިއުފާއަށް ގޮވައި މަގުމައްޗަށް ނުކުމެފަ އެވެ.
ދިނޭޝް ބޮޑު ވަޒީރުކަމަށް އައްޔަން ކުރެވުނީ ސަލާމަތީ ބާރުތަކުންމިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށެވެ.
އަލަށް މަގާމާ ހަވާލުވެ ވަޑައިގެންނެވި ރައީސް ރަނިލް ވަނީ މަގާމާ ހަވާލުވުމަށްފަހު ސްރީލަންކާގައި ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ. ކުއްލި ހާލަތުގައި ސަލާމަތީ ބާރުތަކަށް މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރުމުގެ ބާރު ލިއްބައިދެ އެވެ.
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ، ހަނގުރާމަ ފަށަން ތައްޔާރު
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ