އެކްޓަރު ޝަމީތާ ޝެޓީ އޭނާގެ ލޯބިވެރިޔާ ރާގޭޝް ބާޕަޓްއާ ލޯބީގެ ގޮތުން އޮތް ގުޅުން ކަނޑާލައިފިކަމަށް ބުނެފި އެވެ.
ޝަމީތާގެ އިންސްޓަގްރާމުގައި އާންމުކުރި ޕޯސްޓެއްގައި ވަނީ ރާގޭޝް އާއި ޝަމީތާގެ ލޯބީގެ ގުޅުން ކަނޑާލާފައިވާކަން ފޭނުންނަށް ކަށަވަރުކޮށްދީފަ އެވެ.
އެ ދެމީހުން އެންމެ ފުރަތަމަ ދިމާވީ އިންޑިއާގެ މަޝްހޫރު ޝޯއެއް ކަމަށްވާ "ބިގް ބޮސް" ގެ މިދިޔަ އަހަރުގެ ސީޒަން އިންނެވެ. އަދި އެއަށްފަހު އެދެމީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދި، އެގުޅުން ލޯތްބަށް ބަދަލުކުރި އެވެ.
ދެ މީހުންގެ ލޯބި ޝޯއިން ފެށިގެން ގޮސް، އެކީގައި ކުޅެފައިވާ މިއުޒިކް ވީޑިއޯތަކުންވެސް އާންމުންނަށް ފެނިގެންދިޔަ އެވެ. އެހެންނަމަވެސް އެ ގުޅުން މާ ގިނަ ދުވަސްތަކެއްގައި ދެމިގެންނެއް ނުދެ އެވެ. މިކަން އާންމުންނަށް އެނގި ސާފުވުމަކީ މުހިންމު ކަމެއް ކަމުގައި ޝަމީތާ ބުނެފައިވެ އެވެ.
ޝަމީތާ ބުނިގޮތުގައި ރާގޭޝް އާއި އޭނާގެ މެދުގައި ގުޅުން ކެނޑިފައިވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.
މިކަމުގައި ހުރިހާ ފޭނުންގެ އެއްބާރުލުން ލިބޭނެކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ކުރިއެކޭ އެއްފަދައިން އަބަދުވެސް ފޭނުންގެ ލޯބި ލިބޭނެކަމަށް އުންމީދުކުރާކަމަށް ޝަމީތާ ބުނެފައިވެ އެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭން ދަތުރުތައް ނުކުރާނަން: ރައީސް
"ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މި ސަރުކާރުން"
400 އަހަރު ކުރީގެ މާލެ: ތަފާތީ ކޮން ކަމެއް؟
