އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށްޓަކައި، ސޯޝަލް ސެންޓަރު ހޯދަން އެދިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވަނީ އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ސޯޝަލް ސެންޓަރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެތަން ހޯދުމަށް ޔޫތް މިނިސްޓްރީއަށް އެދިފައިވާނެ ކަމަށް އޭނާ ވިދާުވެފައިވެ އެވެ.
އިބުރޭ ބުނިގޮތުގައި އެޕާޓީގެ ކޮންގްރެސްގައި ބައިވެރިވުމަށް ޕާޓީގެ މެމްބަރުން އޮންލައިންކޮށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އިއްޔެ ވަނީީ ފަށާފަ އެވެ. އަދި ކޮންގްރެސް ޑިޒައިން ކުރުމުގެ މަސައްކަތް ކުރުމުގައި އޯގަނައިޒަރުންވެސް ހަރަކާތްތެރިވަމުން ގެންދާކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު ބާއްވަން ހަމަޖެހިފައިވާއިރު، އެ ކޮންގްރެސްގައި ޕާޓީގެ މުހިންމު ނިންމުންތައް ނިންމާނެ އެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރާ ކެނޑިޑޭޓަކު ހޮވާނީ ޕްރައިމަރީއަކުންތޯ ނުވަތަ ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ދިނުމަށް ހަމަޖައްސާނީތޯ ނިންމާނެ އެވެ.
 އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
			އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
		 މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
			މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
		 އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
			އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
		
 
					 
					 
					 
					 
					 
					 
					 
					 
					