މިދިޔަ ހޯމަ ދުވަހު ބޭއްވި އިވެންޓެއްގައި ބޮލީވުޑްގެ ތަރިއެއްކަމަށްވާ ތާޕްސީ ޕަންނޫގެ ރުޅި ކޮންޓްރޯލުން ނެއްޓި އާންމުންނާ އެކު ހޫނު ޒުވާބަކަށް ގޮސްފި އެވެ.

މިދިޔަ ހޯމަ ދުވަހު ތާޕްސީ ގޮސްފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ދޯބާރާ" ޕްރޮމޯޓުކުރުމަށް އިންޑިއާގެ ސިޓީއެއް ކަމުގައިވާ މުމްބައީގައި ހުންނަ މިތިބައި ކޮލެޖަށެވެ. އަދި ތާޕްސީ އައުމުން އާންމުން ވަނީ ފޮޓޯއަކަށް ހުއްޓިލުމަށް އޭނާގެ ގާތުގައި އެދިފަ އެވެ.

އެހެންނަމަވެސް ތާޕްސީ އެކަމަށް އަޅައި ނުލައި ދިއުމުން އެތަނުގައި ތިބި ފޮޓޯގްރަފަރުންނާއި ނޫސްވެރިން ވަނީ، ތާޕްސީ އާންނާނެ އިރަކަށް އިންތިޒާރުކުރަމުން ދިޔަކަން ފާހަގަކޮށްފަ އެވެ. އަދި ތާޕްސީގެ އިންތިޒާރުގައި ހުންނަތާ އެއް ގަޑިއިރަށް ވުރެ ގިނައިރުވިކަން ފާހަގަކޮށްފައިވެ އެވެ.

މި ކަމަށް ރައްދުދެމުން ތާޕްސީ އެވަގުތު ބުނެފައިވަނީ، އޭނާ އައީ އޭނާގާތު އަންނަން ބުނި ވަގުތައް ކަމަށެވެ. އަދި އާންމުންނަށް އަމާޒުވި ރުޅި ކޮންޓްރޯލް ނުކުރެވި ތާޕްސީ ވަނީ އެމީހުންނާއި ޒުވާބުކޮށްފަ އެވެ.

އެގޮތުން އޭނާއަށް އަދަބު އިހުތިރާމާ އެކު ވާހަކަދެއްކުމަށް ތާޕްސީ ބުނެފައިވެ އެވެ.

ތާޕްސީގެ ރުޅި މިފަދައިން ކޮންޓްރޯލުން ނެއްޓި ހޫނު ޒުވާބުތަކަށް ދާކަން މީގެ އެތައް ފަހަރެއް ކުރިންވެސް އާންމުން ފާހަގަކޮށްފައިވެ އެވެ. ހަމައެހެންމެ މިކަމާ ގުޅިގެން އޭނާއަށް އާންމުންގެ ފާޑުކިޔުންތައްވެސް އަމާޒުވެފައިވެ އެވެ.