ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އަކީ އަންހެނުންނަށް ޖިސްމާނީ އަނިޔާ ކުރާ މީހެއް ކަމަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ސޯލީ އަލީ ބުނެފި އެވެ.

ސޯޝަލްމީޑިއާގައި އެވާހަކަތައް އާންމުންނާއި ހިއްސާކުރަމުން ސޯމީ ވަނީ އަޅުކަން ކުރާ ފަދައިން އާންމުން ސަލްމާނަށް ދޭ ސަޕޯޓާއި ތަރުހީބު ހުއްޓުމަށް ގޮވާލާފަ އެވެ. އަދި ސަލްމާނަށް އެކަންކަން ލިބެން ހައްގު ނޫން ކަމަށާއި، އޭނާ އަކީ އަންހެނުންނަށް އަނިޔާ ކުރާ މީހެއް ކަމަށް ސޯމީ ބުނެފައިވެ އެވެ.

ސޯމީ އިތުރަށް ބުނިގޮތުގައި ސަލްމާނު އަންހެނުންނަށް އަނިޔާކުރާ ވާހަކަތަކަކީ ހަމައެކަނި އޭނާ ދައްކާ ވާހަކަތަކެއް ނޫނެވެ. އަދި ސަލްމާނާއި ލޯބީގެ ގޮތުން ގުޅުން އޮތް ގިނަ އަންހެނުންގެ ފަރާތުންވެސް މިފަދަ ވާހަކަތައް އަޑުއިވިފައިވާކަމަށް އޭނާ ބުނެފައިވެ އެވެ.

މީގެ ކުރިންވެސް މިފަދަ ވާހަކައެއް ސޯމީ ހިއްސާކޮށްފައިވާއިރު، މީގެ ކުރިން ސަލްމާނުގެ ލޯބިވެރިއެއްކަމަށްވާ އައިޝްވަރްޔާ، ސަލްމާނާއި ދެކޮޅަށް ގެވެށި އަނިޔާގެ މައްސަލައެއް ޕޮލިހުންނަށް ހުށަހެޅިކަންވެސް ފާހަގަކޮށްފަ އެވެ.

ހަަމައެހެންމެ އައިޝްވަރްޔާވެސް ވަނީ މީގެ ކުރިން ނޫސްތަކަށް ދިން އިންޓަވިއުތަކުގައި މިކަން އާންމުންނާއި ހިއްސާކޮށްފަ އެވެ. އެދެމީހުންގެ ގުޅުން ނިމުމަކަށް އަންނަން މެދުވެރިވި ސަބަބެއްގެ ގޮތުގައި އައިޝްވަރްޔާ ފާހަގަކޮށްފައިވަނީ، ސަލްމާނުގެ އަހުލާގެވެ. އަދި ސަލްމާން މަސްތުގެ ހާލަތުގައި ގެއަށް އަންނަ ކަމާއި، އޭނާއަކީ ރުޅި އިސްކުރާ މީހެއް ކަމަށް އައިޝްވަރްޔާ ބުނެފައިވެ އެވެ.