ސަލްމާން ޚާން ބޮލީވުޑްގައި މަސައްކަތް ކުރާތާ 34 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޓައިޓަލްއާއެކު ފަސްޓްލުކް ދައްކާލައިފި އެވެ.

ސަލްމާން ޚާންއަކީ އެއްވެސް ތައާރަފެއް ބޭނުން ނުވާ އެކްޓަރެކެވެ. އޭނާ ފުރަތަމަ ފަހަރަށް ސްކްރީނުން ފެނިގެންދިޔަ "ބިވީ ހޯ ތޯ އައިސީ" އިންނެވެ. އޭގެ އަހަރެއް ފަހުން 1989 ވަނަ އަހަރު ރިލީޒްކުރި "މެއިން ޕިޔާރް ކިޔާ" އިން ސަލްމާން ވަނީ އެތައް މިލިއަން ބައެއްގެ ލޯބި ހޯދާފަ އެވެ.

ބޮލީވުޑްގައި 34 އަހަރު ފުރިހަމަ ކުރަމުންދާއިރު، ސަލްމާން ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ "ކިސީ ކާ ބައި. ކިސީ ކީ ޖަން" ގެ ފުރަތަމަ ލުކް ހިއްސާކޮށްފަ އެވެ.

ސަލްމާން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އޭނާގެ ފިލްމުތަކަށް ބެލުންތެރިން ބަހައްޓާ ގާތްކަމަށް ސުކުރު އަދާކޮށްފަ އެވެ. އަދި މިއަހަރުގެ ޑިސެންބަރު މަހު ނެރުމަށް ހަމަޖެހިފައިވާ ފިލްމުގެ ނަށްވެސް ސަލްމާން ވަނީ އިއުލާނު ކޮށްފަ އެވެ. އެގޮތުން ސަލްމާންގެ ކުރިއަށް އޮތް ފިލްމުގެ ނަމަކީ "ކިސީ ކާ ބައި. ކިސީ ކާ ޖާން" އެވެ.

މިއީ "ކަބީ އީދު ކަބީ ދިވާލީ" ނަމުގައި ނެރުމަށް މަސައްކަތް ކުރި ފިލްމެއްކަން ފާހަގަ ކޮށްލެވެ އެވެ. ފިލްމުގެ ނަށް މިގޮތަށް އިއުލާނު ކޮށްފައިމިވަނީ "ބައިޖާން" ނަމަށް ފިލްމުގެ ނަށް ބަދަލުކޮށްފައިވާ ކަމަށް އަޑު އަރާފައިވަނިކޮށެވެ.

ފަރްހާން ސަމްޖީ ޑައިރެކްޓްކުރާ އެކްޝަން ފިލްމުގައި ސަލްމާންގެ އިތުރުން ޕޫޖާ ހެގްޅޭ، ޝެހެނާޒް ގިލް (ސަނާ)، ރާގަވް ޖުޔަލް، ޖައްސީ ގިލް، ޖަނަޕަތީ ބާބޫ، ސިދާތު ނިގާމް، މަލްވިކާ ޝަރުމާ އަދި ޕަލަކް ތިވާރީ މިފިލްމުން ފެނިގެންދާނެ އެވެ.

މީގެ އިތުރުން "ކިސީ ކީ ބާއީ ކިސީ ކީ ޖާން" ގެ ހާއްސަ ފެނިލުމަކުން މި އަހަރު ރިލީޒްކުރި "އާރްއާރްއާރް" ގެ ބަތަލު ރާމް ޗަރަން ވެސް ފެންނާނެ އެވެ.

މީގެ އިތުރުން ސަލްމާން ކުރިއަށް ހުރި ފިލްމުތަކަށް ބަލާލާއިރު ސަލްމާނާއި ކެޓްރީނާ ކައިފް އާއި އިމްރާން ހާޝްމީ ފެނިގެންދާ "ޓައިގާ 3" އަންނަ އަހަރުގެ އޭޕްރީލްގައި ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.