މީން ގާލްސް އަދި ދަ ޕޭރެންޓް ޓްރެޕްގެ ތަރި ލިންޑްސޭ ލޯހާން ނެޓްފްލިކްސްގެ ރޮމޭންޓިކް ކޮމެޑީ ފިލްމަކަށް ސޮއިކޮށްފި އެވެ.
މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ހޮލީވުޑްގެ ބަތަލާ ސޮއިކުރި އާ ފިލްމަކީ ނެޓްފްލިކްސްގެ ރޮމޭންޓިކް ކޮމެޑީ "އައިރިޝް ވިޝް" އެވެ. މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައެއް ނެތެވެ.
އެގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޭޑާ ޝަމަސްއާ ކުރި ކައިވެންޏާއި ލިންޑްސޭ އާ ފިލްމު ގުޅުވާފައިވެ އެވެ. "އައިރިޝް ވިޝް" 36 އަހަރުގެ ބަތަލާ ސޮއިކުރި އިރު، އޭނަ އެންމެ ފަހުން ކުޅުނު ފިލްމު "ފޯލިން ފޯ ކްރިސްމަސް" އަންނަ ނޮވެމްބަރު މަހުގެ 10 ގައި ޕްރީމިއާކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.
ލިންޑްސޭ އެންމެ ފަހުން ފެނިފައި ވަނީ 2019 ގެ "އެމަންގް ދަ ޝެޑޯސް" އިންނެވެ. އޭނަ ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "އިންއެޕްރޮޕްރިއޭޓް ކޮމެޑީ"، "ޖަސްޓް މައި ލަކް" އަދި "އައި ނީ ހޫ ކިލްޑް މީ" ހިމެނެ އެވެ.