ކޮންމެ މީހަކުވެސް އޮމާން ރީތި ހަންގަނޑެއް ބޭނުންވާނެ އެވެ. މިފަދަ ހަންގަނޑެއް ބޭނުންނަމަ ޔޯގަޓް ބޭނުންކޮށްލާށެވެ. ޔޯގަޓަކީ މަރުވެފައި ހުންނަ ސެލްތައް ނައްތާލާ ހަންގަނޑު އޮމާންކޮށްދޭ އެއްޗެކެވެ. މީގެއިތުރުން ޔޯގަޓަކީ އޮށާޅަ އާއި ހަންގަނޑު ރޫޖެހުމުން ސަލާމަތްކޮށްދޭ އެއްޗެކެވެ.

ތިރީގައި މިގެނެސްދެނީ ހަންގަނޑު އޮމާންކޮށް ރީއްޗަށް ބެހެއްޓުމަށް ޔޯގަޓް ބޭނުންކުރެވިދާނެ ގޮތްތަކެވެ.

1. މޮއިސްޗަރައިޒް ކުރުން

އޮމާން ރީތި ހަންގަނޑެއް ބޭނުންނަމަ ޔޯގަޓް ފޭސްމާސްކެއް ބޭނުންކޮށްލާށެވެ. ހަތަރު މޭޒުމަތީ ސަމުސާ ޔޯގަޓް ތެރެއަށް އެއް މޭޒުމަތީ ސަމުސާ ކޮކޯ އާއި އެއް ސައިސަމުސާ މާމުއި އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. މި މާސްކު މޫނާއި ކަރުގައި އުނގުޅުމަށްފަހު 30 މިނެޓް ވަންދެން މަޑުކޮށްލާށެވެ. އެއަށްފަހު ފިނި ފެނުން މޫނު ދޮވެލާށެވެ.

2. ހަންގަނޑުގައި ރޫޖެހުން ކުުޑަކުރުން

ހަންގަނޑުގައި ރޫޖެހުމަކީވެސް އުމުރުގެ ވަކި ހިސާބަކުން ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. ހަންގަނޑު ރޫޖެހުމުން ސަލާމާތްވުމަށް ހަފްތާއަކު އެއްފަހަރު ޔޯގަޓް ސްކްރަބެއް ބޭނުންކޮށްލާށެވެ. ދެ މޭޒުމަތީ ސަމުސާ ޔޯގަޓް ތެރެއަށް އެއް މޭޒުމަތީ ސަމުސާ އޯޓްސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. މި ސްކްރަބް މޫނާއި ކަރުގައި އުނގުޅުމަށްފަހު މަސާޖުކޮށްލާށެވެ. 15 މިނެޓް ވަންދެން މަޑުކޮށްލުމަށްފަހު ފިނިފެނުން ދޮވެލާށެވެ.

3. އޮށާޅަ ފިލުވުން

ޔޯގަޓަކީ އޮށާޅަ ނެގުމުން ސަލާމަތްކޮށްދޭ އެއްޗެެކެވެ. އާއްމުކޮށް ޕްލެއިން ޔޯގަޓް ބޭނުންކުރާނަމަ ބިހިނެގުމާއި އޮށާޅަ ނެގުމުން ދުރުކޮށްދެ އެވެ. ރޭގަނޑު ނިދަން ވުމުން މަޑު ކަފަކޮޅެއް ބޭނުންކޮށްގެން އޮށާޅަ ނަގާފައިވާ ސަރަހައްދުގައި ޔޯގަޓް އުނގުޅާލާށެވެ. އެއްފަހަރު ބޭނުންކުރުމަށް ފަހު ދެވަނަ ފަހަރަށް ކަފަކޮޅު ބޭނުން ނުކުރާށެވެ. އޭރުން އޮށާޅަ މޫނަށް ފެތުރުމަކީ އެކަށީގެންވާ ކަމެކެވެ. އެއަށްފަހު ހެނދުނު ތެދުވެ ފިނި ފެނުން މޫނު ދޮވެލާށެވެ.