ކެނެޑާގެ ދެމަފިރިންކަމަށްވާ ސެބާސްޓިއާނާއި އެޑިތު ލެމޭއަށް ލިބިފައިވާ ހަތަރު ކުދީންގެ ތެރެއިން އެންމެ ދޮށްޓަށް ހުރި މިއާގެ ލޮލުގައި މައްސަލަތަކެއް ހުރިކަން އެދެމަފިރިންނަށް އެންމެ ފުރަތަމަ ފާހަގަކުރެވުނީ މިއާގެ އުމުރުން އެންމެ ތިން އަހަރުގަ އެވެ. އެންމެ ފުރަތަމަ މާ ސީރިއަސް މައްސަލައެއް ކަމަށް ނުފެންނާތީ ލޮލުގެ ޚާއްސަ ޑޮކްޓަރަކާ ހަމަޔަށް ދެވުނީ އަހަރުތަކެއް ވެސް ފާއިތުވީ ފަހުންނެވެ.

އެ މީހުންގެ ކައިވެންޏަށް 12 އަހަރުވެފައިވާއިރު އެމީހުންގެ ދެ ފިރިހެން ދަރިން ކަމަށްވާ ކޮލިން އާއި ލޯރެންޓް ވެސް މި މައްސަލަ ކުރިމަތިވެފައވާކަން ފާހަގަވި އެވެ.

ލޮލުގެ ފެނުން ގެއްލުމުގެ ކުރިން ދުނިޔެ ވަށާ ދަތުރުކުރަމުން އަންނަ އާއިލާ

ޓެސްޓުތައް ހަދައި ދިރާސާތަކެއް ކުރުމުން ޔަގީންވީ މިއާއަށް ކުރިމަތިލާން ޖެހިފައިވަނީ ވާރުތަވާ ޒާތުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމެވެ.

މިބައްޔަށް އެއްވެސް ފަރުވާއެއް ނުވެ އެވެ. މިއީ އުމުރުގެ ވަކި ހިސާބަކަށްދާއިރު ލޮލުގެ ފެނުން މުޅިން ގެއްލިގެންދާ ބައްޔެކެވެ. ފަރުވާއެއް ނެތުމުގެ އިތުރަށް ބަލީގެ ކަންކަން ލަސްކުރުމަށް ވެސް ކުރެވޭނޭ ކަމެއް ނޯވެ އެވެ.

ލޮލުގެ ފެނުން ގެއްލުމުގެ ކުރިން ދުނިޔެ ވަށާ ދަތުރުކުރަމުން އަންނަ އާއިލާ

"ހަގީގަތުގައި ކުރެވޭނެ ކަމެއް ނެތް. އަހަރެމެންނަކަށް ނޭނގެ އެކަން ކިހާ އަވަހަކަށް ދާނެ ކަމެއް، އެކަމަކު އަހަރެމެން އުންމީދު ކުރަނީ އުމުރުގެ މެދުތެރޭގައި އެމީހުން މުޅިން ލޯފަން ވާނެ ކަމަށް،" އެ ދެމެފިރިން ދިން އިއްޓަވިއުއްގައި ބުންޏެވެ.

ކުދިންނަށް ދިމާވެފައިވާ ހިތްދަތި ހާލަތު އެނގުމުން، ސެބާސްޓިއާނާއި އެޑިތު އަޒުމް ކަނޑައެޅީ ކުދިންގެ ހުނަރު ތަރައްގީކުރުމަށް ފޯކަސް ކޮށް، ފެނުން ގެއްލި ދިއުމަށްފަހު އެކުދިންނަށް އުނދަގުލެއް ނެތި ދިރިއުޅުމާގެން ކުރިއަށް ދެވޭނެ ހުނަރުތައް ދަސްކޮށްދިނުމަށެވެ.

"އަހަރެން ފޮތެއްގައި ކުރަހާފައިވާ ފިނޮޅެއް ނުދައްކާނަން. އަހަރެން ގެންދަނީ އަސްލު ފިނޮޅެއް ބަލާލަން،" އެ ދެމަފިރިން ބުންޏެވެ.

ލޮލުގެ ފެނުން ގެއްލުމުގެ ކުރިން ދުނިޔެ ވަށާ ދަތުރުކުރަމުން އަންނަ އާއިލާ

ސެބާސްޓިއާނާއި އެޑިތު އަންނަނީ އެދެމީހުން ދަރިން ގޮވައިގެން ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރަމުންނެވެ.

"ގޭގައި ކުރާނެ މޮޅު ކަންތައްތަކެއް އެބަހުރި، އެކަމަކު ދަތުރުފަތުރު ކުރުމަށް ވުރެ ރަނގަޅު ކަމެއް ނޯންނާނެ. ހަމައެކަނި މަންޒަރުތަކެއް ނޫން، ތަފާތު ސަގާފަތްތަކާއި މީހުން ވެސް،" އެ މީހުން ބުންޏެވެ.

އެ އާއިލާ ދުނިޔެ ވަށާ ޖަހާ ބުރުގެ ފުރަތަމަ ދަތުރު ޕްލޭން ކޮށްފައި އޮތީ 2020 ވަނަ އަހަރު ރަޝިއާ އަށް، އަދި ރަޝިއާ އިން އެއްގަމު މަގުން ޗައިނާއަށް ދާ ގޮތަށެވެ. އެކަމަކު ޕެންޑެމިކާ އެކު ދަތުރުފަތުރަށް އައި ހީނަރުކަމާއެކު ޕްލޭންތައް މަޑުޖައްސާފައި އޮތުމަށްފަހު، މި އަހަރުގެ މޭ މަހު ފުރަތަމަ ގައުމެއްގެ ގޮތުގައި ދިޔައީ އެފްރިކާގެ ނަމްބިއާ އަށެވެ. އެ ގައުމުގައި ޖަންގަލީގެ ހިތްގައިމުކަން ކުދިންނަށް ދެއްކުމަށްފަހު، ދެން ދިޔައީ މޮންގޯލިއާ އަށެވެ. އެއަށްފަހު އިންޑޮނީޝިއާ އަށެވެ.

އެމީހުންގެ އަމާޒަކީ، ކުދިން މީގެ ކުރިން ނުދެކޭ، ވީހާވެސް ހިތްގައިމު، ގުދުރަތީ ރީތިކަމުގެ އިންތިހާ ފެންނަ ތަންތަން ކުދިންނަށް ދެއްކުމެވެ.

ދަތުރު ކުރިޔަސް، ކުދިންނަށް ކިޔަވައިދިނުމަށް އެ ދެމަފިރިން ސަމާލުކަން ދެ އެވެ.