ތަހްރާން (23 ސެޕްޓެމްބަރު) - އީރާނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރެެއަށް އެގައުމުގެ އަސްކަރިއްޔާއިން ވަންނަން ޖެހިދާނެކަމުގެ އިންޒާރު ދީފި އެވެ.
އެގައުމުގެ އަސްކަރިއްޔާއިން މިއަދު ބުނީ އެގައުމުގެ ރައްކާތެރިކަމާއި ސުލްހަވެރިކަން ޔަގީން ކުރުމަށްޓަކައި އަސްކރިއްޔާއިން ކުރަން ޖެހުނު ހުރިހާ ކަމެއް ކުރާނެ ކަމަށެެވެ.
ބުރުގާ އެޅުމުގެ މިންގަނޑުތަކާ ހިލާފުވެގެން ކަމަށް ބުނެ ހައްޔަރުކުރި އީރާނުގެ 22 އަހަރުގެ އަންހެނެއްގެ މަރާއެކު އެގައުމުގެ އާއްމު ރައްޔިތުން ވަނީ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފަށާފަ އެވެ.
މި މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ ފުލުހުންނާއި އާއްމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މިހާތަނަށް 36 މީހަކު މަރުވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
އޭގެ އިތުރުން ވެސް އާއްމުން އަންނަނީ ދައުލަތުގެ އިމާރާތްތަކުގައި ހުުޅުޖަހައި ދައުލަތުގެ މުދަލަށް ވެސް ގެއްލުން ދެމުންނެވެ.
މި ހަމަނުޖެހުންތައް ފުލުހުންނަށް ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ ބޮޑުވެފައިވާއިރު އަސްކަރިއްޔާއިން ހަމަނުޖެހުންތަކުގެ ތެރެއަށް ނުކުތުމަކީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. -- އަލް އަރަބިއްޔާ

ރަމަޟާން މަހުގެ ރޯދަ ހިފާ ޣައިރު މުސްލިމުން ގިނަވަނީ!
ޕްރިމިއާ ލީގުގެ 4 ކުޅުންތެރިއަކަށް ނަސްލީ ތަފާތުކުރި މައްސަލައެއް
ތާރީހުގެ ސަފުހާތަކުން: ރާއްޖޭގައި ރޯދަ މަހަކީ އަންހެނުންގެ މަހެއް