ޖުމްހޫރީ މޭވާ ނުވަތަ ޕެޝަން ފުރުޓަކީ ރާއްޖޭގައި ވަރަށް ގިނައިން ފެންނަ މޭވާ އެކެވެ. އަދި ފަސޭހަ އިން ހައްދާލެވޭ މޭވާއެއް ވެސް މެއެވެ. ޖުމްހޫރީ މޭވާގެ އިތުރުން އޭގެ ފަތަކީ ވެސް އިންސާނާގެ ސިއްހަތަށް ފައިދާ ކުރުވާނެ އެއްޗެކެވެ.
ލޭމައްޗަށް ދިޔުން ކޮންޓްރޯލް ކޮށްދޭ
ލޭމައްޗަށް ދިޔުން ނުވަތަ ހައިޕާޓެންޝަންގެ ފަރުވާއަށް ޖުމްހޫރީ މޭވާގެ ފަތަކީ އެއްވަނަ އެވެ. މި ފަތުގައި ހިމެނޭ ހަރްމާނޭ އަލްކަލޮއިޑްސްގެ ސަބަބުން ލޭ މައްޗަށް ދިޔުމުން ދުރުކޮށްދެ އެވެ. އެއީ އަލްކަލޮއިޑްސްގެ ސަބަބުން ލޭ ދައުރުކޮށްދޭ ނާރުތަކުގެ މަސްތައް އަރާމުކޮށްދިނުމަށް އެހީވެދެ އެވެ.
ނޭވާ ހިއްލުން ރަނގަޅު ކޮށްދޭ
ޖުމްހޫރީ މޭވާގެ ފަތާއި ތޮށިން، ނޭވާލާން ދަތިވެ ނޭވާހިއްލާ ފަރާތްތަކަށް އެހީވެދެ އެވެ. އޭގެ ތޮށީގައި އެކުލެވޭ މާއްދާއެއްގެ ސަބަބުން ނޭވާހިއްލާ މިންވަރު މަދުކޮށްދިނުމަށް އެހީވެދޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި ޖުމްހޫރީ މޭވާގެ ކުނޑީގެ ވަހުން ވެސް ނޭވާ ހިއްލާލެއް މަދުކޮށްދޭ ކަމަށް މާހިރުން ބުނެފައިވެ އެވެ.
ވިޓަމިން ސީ އަދި އޭ ލިއްބައިދޭ
ޖުމްހޫރީ މޭވާގެ ފަތުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އާއި އޭ ހިމެނެ އެވެ. އެގޮތުން ވިޓަމިން އޭ އަކީ ހަމުގައި އާ ސެލްތައް އުފެއްދުމަށް އެހީވެދޭ ވިޓަމިން އެކެވެ. އަދި އެއީ ލޮލަށް ވެސް ވަރަށް މުހިއްމު މާއްދާއެކެވެ. އަދި ވިޓަމިން ސީ އަކީ ހަންގަނޑު މުސްކުޅިވުމުން ދުރުކޮށްދޭ ވިޓަމިން އެކެވެ.
ތި ކެވެނީ ހުސް ޕްލާސްޓިކް، ރައްކާތެރިވާނީ ކިހިނެއް؟
"ލާހޯރް 1947"ގެ ނަން ބަދަލު ކުރަނީ!
އެމެރިކާއާއެކު މަޝްވަރާއަށް ދިއުމާ މެދު ގޮތެއް ނުނިންމަން: އީރާން