މިއަދު ބޭއްވި ށ. މާއުނގޫދޫ ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިމާނާ ކާމިޔާބުކޮށްފި އެވެ.
މާއުނގޫދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޝިމާނާއަށް ޖުމްލަ 359 ވޯޓު ވަނީ ލިބިފައެވެ. އޭނާއާ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް މުޙައްމަދު އިބްރާހީމް ވަޙީދަށް ލިބުނީ 281 ވޯޓެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 80 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ.
މާއުނގޫދޫ ކައުންސިލުން ގޮނޑިއެއް ހުސްވީ އެ ކައުންސިލުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އެމްޑީޕީގެ މެންބަރު މުސްތަފާ އަބްދުލްޤައްޔޫމް އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.
މިހާރު އެރަށުގެ ކައުންސިލުގައި ތިއްބަވަނީ އެމްޑީޕީގެ ތިން މެންބަރަކާއި، ޕީޕީއެމްގެ ދެ މެންބަރެކެވެ. ޝިމާނާގެ އިތުރުން އެ ކައުންސިލުން އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގައި ތިއްބެވި ދެ މެންބަރުންނާއެކު، ކައުންސިލުގެ މެޖޯރިޓީގައި ދެން ތިއްބަވާނީ އަންހެން މެންބަރުންނެވެ.
33 އަހަރަށްފަހު "ދަ ލޭޓް ޝޯ" ހުއްޓާލަނީ!
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލުން މިނިވަންވެއްޖެ
އީރާނަށް ހަމަލާދޭން ފެށުމާ ގުޅޭގޮތުން ޓްރަމްޕް މަޝްވަރާކުރަނީ
