މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ އެ އިދާރާގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ހޯދަނީ ހުޅުމާލެ، ގޯތި ނަންބަރު 11399، މުހައްމަދު އަޒުހާން އިސްމާއިލް، 31، ކަމަށެވެ.
ފަހަކަށް އައިސް ފުލުހުންނަށް އިންޒާރުދީ، އަނިޔާކުރާ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެފަދަ މައްސަލަތަކުގައި ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.
އަޛުހާންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅާ އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބީއެމްއެލް އިން ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ދެނީ
ވަންދުއަށް މަސްތުވާތަކެތި ގެންދިޔަ ފުލުހަކު ހައްޔަރުކޮށްފި
"މިއީ އަނިޔާއެއް، އަނިޔާވެރިވެގެން ދެމެހެއްޓުނު ވެރިކަމެއް ނެތް"