މިފަހަކަށް އައިސް ކެންސަރު ބަލި އާދަޔާޚިލާފަށް އިތުރު ވެފައިވާކަން ފާހަގަ ކުރެވޭ ހެއްޔެވެ؟ މި ނުރައްކާތެރި ބަލީގެ ވާހަކަ އަޑުނީވޭ ދުވަހެއް މިހާރު މަދޭ ދެންނެވިދާނެ އެވެ. ކީއްވެގެންތޯ ސުވާލު އުފެދެ އެވެ.

އިނގިރޭސިވިލާތުގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ އެގްރިކަލްޗަރަލް ރިސާޗުން ކުރި ދިރާސާއަށްފަހު އެ ޓީމުން ބުނީ މިފަހަކަށް އައިސް ކެންސަރު ޖެހުން އިތުރުވެފައިވަނީ ރީތިވުމަށާއި ކެއުމަށް ބޭނުންކުރާ ބައެއް ސާމާނުގެ ސަބަބުން ކަމަށެވެ.

އޭގެ ތެރެއިން ހާއްސަކޮށް ދަތްއުނގުޅާ ބޭހާއި ބިސްކޯދާއި، ޗްވިންކަމްގެ އިތުރުން ސަން ލޯޝަންގެ ބައެއް ބާވަތްތަކުން ކެންސަރު ޖެހުމަށް މަގުފަހިވެ އެވެ.

ދިރާސާގައި ބުނެފައިވަނީ އެސާމާނުތައް އުފެއްދުމުގައި ޓައިޓޭނިއަމް ޑައިއޮކްސައިޑް ކިޔާ ކެމިކަލެއް ބޭނުން ކުރުމުގެ ސަބަބުން ކެންސަރު ބަލި ޖެހުމަށް މަގުފަހިވާ ކަމަށެވެ. އަދި އެ ކެމިކަލްގެ ސަބަބުން އިންސާނާގެ ބަނޑާއި ބޮޑުކަމުދާ ނިޒާމުގެ ގުޅުވައިދޭ ބައި ބަލިކަށިކޮށްލަ އެވެ.

މީގެ ކުރިން ކެންސަރާއި ގުޅޭގޮތުން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ފާރުގައި ލާން ބޭނުންކުރާ ބައެއް ވައްތަރުގެ ކުލަ އުފެއްދުމަށްވެސް ޓައިޓޭނިއަމް އޮކްސައިޑު ބޭނުން ކުރާ ކަމަށާއި އޭގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށެވެ.

އެ ދިރާސާ އާއި ގުޅިގެން ފްރާންސް ސަރުކާރުން ވަނީ ޓައިޓޭނިއަމް އޮކްސައިޑް ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ސާމާނު ހޯދަން އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައި އެވެ.

އެހެން ކަމުން އާއްމުކޮށް ގެންގުޅޭ މިފަދަ ތަކެތި ގަތުމުގެ ކުރިން އޭގައި ހުންނަ މައުލޫމާތުތައް ރަނގަޅަށް ކިޔުމަށް ނަސޭހަތްތެރި ވަމެވެ.