އެލޯވެރާއަކީ ސިއްހަތަށް ފައިދާ ހުރި އެތަށް ވިޓަމިންއަކާއި މިނަރަލްސް އެއް ހިމެނޭ ގަހެކެވެ. މީގެއިތުރުން ވެސް ގޭތެރޭގައި ވެސް އެންމެ ފަސޭހައިން ހައްދާލެވޭނެ ގަހެކެވެ. މި ގަހުގފަތުން ސިއްހަތަށާއި ހަންގަނޑަށް ގިނަ ފައިދާތަކެއް ލިބެ އެވެ. އެގޮތުން މިއީ ޖޫސް ގިރައިގެން ވެސް ބޮއި އުޅޭ ބާވަތެކެވެ. އެގޮތުން ގިނަ ފައިދާތަކެއް ވެސް ލިބެ އެވެ.
ހަޖަމުގެ ނިޒާމު ރަނގަޅުވުން
ބަނޑު ހަރުވެ ހަޖަމުގެ ނިޒާމަށް ޖެހޭ އުނދަގޫތަކަށް އެލޯވެރާ ޖޫހުން ހައްލު ލިބެ އެވެ. އަދި ބަނޑުގައި ގޭސް ހެދުމާއި ރަނގަޅަށް ކާތަކެތި ހަޖަމުނުވުމުގެ މައްސަލަ ޖެހޭނަމަވެސް އެލޯވެރާއިން ހައްލު ލިބެ އެވެ.
ވިހަ މާއްދާތައް ބޭރުކުރުން
ހެނދުނު ތެދުވެ ހުސްބަނޑާ ހުރެ އެލޯވެރާ ޖޫސް ތައްޓެއް ބޯލާނަމަ ހަށިގަނޑުގައި އުފެދިފައި ހުންނަ ވިހަތައް ބޭރުކޮށްލަ އެވެ. އަދި އެތެރެ ހަށީގެ މަސައްކަތްތަކަށް ފަސޭހަ ވެގެންދެ އެވެ.
ހޯމޯންތައް ބެލެންސްވުން
ބައެއް ފަހަރަށް ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކާ ހެދި ތަފާތު މައްސަލަތައް ޖެހެ އެވެ. ނަމަވެސް އެލޯވެރާ ޖޫހުގައި ހިމެނޭ ވިޓަމިންސްތަކުގެ ސަބަބުން ހޯމޯން ބެލެންސް ކުރަން އެހީތެރިވެދެ އެވެ.
"ދުނިޔޭގެ އެންމެ ރީތި 100 މޫނު"ގެ ތެރޭގައި ވަރުން!
އެރިއާނާގެ ފަރާތުން ޣައްޒާގެ ކުޑަކުދިންނަށް ބޮޑު އެހީއެއް!
60 ފަހަރު ރާއްޖެ އައި ދެމަފިރިން ރާއްޖޭގައި މަރުވެއްޖެ