އެއްވެސް ގައުމެއްގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް އެ ގައުމުން ނުވަންނަ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ސަފީރު ވިދާޅުވީ އެހެން ގައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެކަން އެގައުމުން މީގެކުރިން ވާނީ ސާބިތުކޮށްދީފައި ކަމަށެވެ.
ޗައިނާގެ ހާރިޖީ ސިޔާސަތަކީ އެއްވެސް ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަދެ ގުޅުން ބަދަހި ކުރުމުގެ ސިޔާސަތެއް ކަމަށް ވެސް ސަފީރު ޖަންގް ލިޖޮން ވިދާޅުވިއެވެ.
އަލީ އާޒިމް އެފަދަ ތުހުމަތެއް ކުރެއްވިނަމަވެސް ޗައިނާ އިން ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަދެފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. ނަމަވެސް އަވަށްޓެރި އިންޑިއާ ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވެއްދުމަށް ފާޅުގައި ގޮވާލާފައިވެއެވެ.
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
2.4 ބިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ގެއްލުމެއް ނުވާނެ
"ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކޮށްގެން"
