މަޝްހޫރު ވިޔަފާރަވެރިޔާ އަދި ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ 76 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް، ސޮނީ ޓީވީއިން ގެނެސްދިން ކުޑަކުދިންގެ ލަވަކިޔުމުގެ ޕްރޮގްރާމް "ސުޕަ ސްޓާ ސިންގާ" ސީޒަން ދޭ ކާމިޔާބުކުރި މުހައްމަދު ފާއިޒު ރާއްޖެ އައުމަށް ހަމަޖެހިއްޖެ އެވެ

އުއްޗުގެ އުފަން ދުވަސް ކޮންމެ އަހަރަކު ވެސް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުން އަންނައިރު، ކޮންމެ އަހަރަކު ވެސް ރާއްޖެއިން ބޭރުގެ ފަންނާނުންނާއި ދިވެހި ފަންނާނު އުއްޗުގެ އުފަންދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަރަކާތުގައި ބައިވެރިވެ އެވެ.

އެގޮތުން އުއްޗުގެ 76 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް "ސުޕަ ސްޓާ ސިންގާ" ސީޒަން ދޭ ކާމިޔާބުކުރި އުމުރުން 15 އަހަރުގެ މުހައްމަދު ފާއިޒު ރާއްޖެ އަންނާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.

ރާއްޖެ އަންނާނެކަން އިއުލާން ކުރަމުން ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯގައި ފާއިޒް ބުނެފައިވަނީ، އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އުއްޗުގެ އުފަން ދުވަހުގެ ހަރަކާތްތަކުގައި އޭނާ ޕާފޯމް ކުރާނެ ކަމަށާއި، ދައުވަތު ދެއްވީތީ އުފާކުރާ ކަމަށެވެ. އަދި އޭނާ ޕާފޯމް ކުރުމަށް ހަމަޖެހިފައި ވަނީ އިރުވެލި ރިސޯޓުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

މަހުޖަނު އުއްޗުގެ މިއަހަރު އުފަން ދުވަހަށް މުހައްމަދު ފާއިޒު ގެނައުމަށް ހަމަޖެހިފައި ވާއިރު، އޭނާގެ މިދިޔަ އަހަރުގެ އުފަން ދުވަހަށް ރާއްޖެ ވަޑައިގެންފައިވަނީ ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ އެވެ.

ރާއްޖެ އަންނާނެކަން އިއުލާން ކުރަމުން ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯގައި ފާއިޒް ބުނެފައި ވަނީ، އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އުއްޗުގެ އުފަން ދުވަހުގެ ހަރަކާތްތަކުގައި އޭނާ ޕާފޯމް ކުރާނެ ކަމަށާއި، ދައުވަތު ދެއްވީތީ އުފާކުރާ ކަމަށެވެ. އަދި އޭނާ ޕާރފޯމް ކުރުމަށް ހަމަޖެހިފައިވަނީ އިރުވެލި ރިސޯޓުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

އުއްޗު ވަނީ، ފާއިތުވެދިޔަ މަހު، ބައިސްކޯފުން އިންތިޒާމް ކޮށްގެން ބޭއްވި ޚާއްސަ ޝޯވްއަކަށް ރާއްޖެއައި ސްރީ ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީއާ ވެސް ބައްދަލު ކޮށްފަ އެވެ. އަދި އޭނާ ވަނީ ރައީސް ޔާމީންގެ ދައުރުގައި ރާއްޖެ ޒިޔާރަތްކުރި މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާއާ ވެސް އޭރު ބައްދަލުކޮށްފަ އެވެ.