ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ފުލުހުން ހާމަކުރި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މޮސްޓާއަށް ހަމަލާ ދީގެން މީހަކު ހައްޔަރުކޮށްފައިވާއިރު މިދިޔަ އަންގާރަ ދުވަހު އާޓިފިޝަލް ބީޗު ކައިރީގައި މޮސްޓާގެ ރަހްމަތްތެރިއެއް ގައިގައި ތަޅައި މާރާމާރީ ހިންގާފައިވެ އެވެ.
އެ މާރާމާރީގެ ވީޑީއޯ ވެސް މީސް މީޑީއާގައި އާންމުވެފައިވާއިރު ހާދިސާ ހިނގި ވަގުތު މޮސްޓާ ވެސް އެ ސަރަހައްދުގައި ހުންނެވި އެވެ. އެދުވަހު މޮސްޓާއަށް އަނިޔާއެއް ލިބިވަޑައިގެންފައި ނުވެ އެވެ.
މައިކަލް ޖެކްސަން ބައޮޕިކްގެ ޓްރެއިލާ ނެރެފި
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ގްރެމީ އެވޯޑް ހުށައެޅި ޓްރެވާއަށް ޓްރަމްޕްގެ އިންޒާރެއް!