މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ ވަރަށް ބޮޑުތަނުން އިތުރުވެއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 185،383 މިލއަން ޑޮލަރު ބަލައިގެންފައިވެ އެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 51.1 އިންސައްތައިގެ އިތުރުވުމެއް ކަމަށް މީރާއިން ބުނެ އެވެ.
މިއަހަރުގެ މި މުއްދަތުގައި ޑޮލަރުން ބަލައިގަތް އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ، ޓީޖީއެސްޓީ އާމްދަނީން ނަގާ ޓެކްސް، އެއާޕޯޓް ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ ގޮތުގައި ބަލައިގަތް އާމްދަނީ އިތުރުވެފައިވުން ކަމަށް މީރާއިން ބުނެ އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 52.8 އިންސައްތަ ހިއްސާކުރަނީ ޑޮލަރުން ލިބުނު އާމްދަނީ އެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1،48،1687 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. ރާއްޖެއަށް މިހާރު އެވެރެޖްކޮށް ކޮންމެ ދުވަހަކު 4،463 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.
ހާލު ދެރަވި އުމްރާވެރިޔާ މާލެ ގެނެސްފި
"ކެޔެވުން ފެށުމުގެ ކުރިން ސްކޫލުތަކަށް ފޮތްތައް ފޮނުވާ ނިމޭނެ"
ޖޫރިމަނާ ކުރީ ހުއްދަވެސް ނެގި ފަހުން
