ހދ. ނޮޅިވަރަމްގައި މިއަދު އަންހެނަކު މަރުގެ މައްސަލާގައި މިހާކު ހައްޔަރު ކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރު ނޮޅިވަރަމުގައި މަރުވެފައި އޮތްވާ ފެނުނު އަންހެން މީހާގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އެ އަންހެން މީހާގެ ފިރިމީހާ އެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި ހުއްޓާ ކަމަށް މައުލޫމާތު ލިބެ އެވެ.
އުމުރުން 28 އަހަރުގެ އެ އަންހެން މީހާ މަރުވުމުން އޭނާ ލޯންޗެއްގައި ނޮޅިވަރަމުން ފުރައިގެން ދިއުމުން އެ ރަށު ބައެއް މީހުން ތުހުމަތު ކުރަނީ އެއަންހެން މީހާ މަރާލީ ފިރިހެން މީހާ ކަމަށެވެ. އަންހެން މީހާ މަރުވި ސަބަބެއް އަދި ނޭނގެ އެވެ.
މަރުވެފައި އޮއްވާ ފެނުނީ ނޮޅިވަރަމު ނިޝާމާ މުހައްމަދު އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އޭނާގެ ފިރިމީހާ، އދ. ފެންފުށީ، އަބޫބަކުރު ފައިސަލް އެވެ.
އެ ދެމަފިރިންގެ ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ
ނޮޅިވަރަމްގައި މީހަކު މަރާލާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިއަދު މެންދުރު 12:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން ސީންއަށް ދިޔައިރު ހޭނެތިފައިވާ މީހަކު ފުލުހުންގެ އެހީތެރިކަމާއެކު ސިއްޙީ މަރުކަޒަށް ގެންދިޔަ ކަމަށާއި، ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނެ އެވެ.
މި ހާދިސާގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި އަންހެނެކެވެ.
މި މައްސަލަ ތަހުގީގު ކުރަން ކުޅުދުއްފުށިން ވެސް ފުލުހުންގެ ޓީމެއް މިހާރު ވަނީ ނޮޅިވަރަމަށް ގޮސްފަ އެވެ.