ކީވް (11 ޑިސެމްބަރު) - ޔޫކްރެއިން ހަނގުރާމައިގައި އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ހަނގުރާމަ ވަރުގަދަ ވަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެގޮތުން ދެކުނުގެ އަވަށެއް ކަމަށްވާ އޮޑެސާއަށް ރަޝިއާއިން ދިން ހަމަލާތަކުގައި މުޅި އެ ސަރަހައްދުން ކަރަންޓު ގޮސްފައިވާއިރު، ހޮސްޕިޓަލުތައް ފަދަ ޒަރޫރީ ތަންތަނަށް ކަރަންޓު ދީފައިވަނީ ބެކްއަޕް ބޭނުން ކޮށްގެންނެވެ.
މިކަމާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ ދެކުނުގެ ސަރަހައްދުތަކުގައި 1.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
މިފަހުން ރަޝިއާއިން ޔޫކްރެއިންއާ އަމާޒުކޮށް އީރާނުގެ އެތައް ސަތޭކަ ޑްރޯންތަކެއް ފޮނުވާލާފައިވާ ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރާއިރު ރަޝިއާއިން މިކަމަށް އެއްވެސް ރައްދެއް ދީފައެއް ނުވެ އެވެ.
މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޔޫކްރެއިންގެ ހަކަތައިގެ އުމްރާނީ ތަރައްގީއަށް ރަޝިއާއިން ހަމަލާ ދެމުން އަންނައިރު މި ހަމަލާތަކުގައި ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެ އެވެ.
ރަޝިއާއިން އެގައުމުގެ ހަމަލާތައް ވަރުގަދަ ކޮށްފައި މިވަނީ ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ލަމިޑިއާ ޕުޓިން ވިދާޅުވެފައި ވަނިކޮށެވެ. -- އަލް އަރަބިއްޔާ
ވަގުފް ފަންޑަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ
ގޯވިންދާއާއި ޑޭވިޑް އެކުގައި މަސައްކަތް ކުރުން ހުއްޓާލި ސަބަބު!
ގާލް ގެޑޮޓް މެޓް ގާލާއިން ނުފެންނަނީ ޑުއާލިޕާގެ ސަބަބުން؟