މައްސަރު ދުވަސްވަރު އެކި އަންހެނުންނަށް ކުރެވޭނީ އެކި ތަޖުރިބާ އެވެ. އެއް ބަޔަކަށް އެކަމުގެ މާބޮޑު އަސަރެއް ނުކުރާއިރު އަނެއްބައި އަންހެނުންނަށް އެ ދުވަސްވަރު ތެދުވެ އުޅުމަކީ ވެސް ވޭނެކެވެ.
މި ލިޔުމުގައި މި ބަލާލަނީ މައްސަރު ދުވަސްވަރު ކުރިމަތިވާ ރިހުންތައް ލުއި ކުރުމަށް ގޭގައި ދެވިދާނެ ބައެއް ފަރުވާތަކަށެވެ.
އޯބަތް
އޯބަތަކީ މައްސަރު ދުވަސްވަރު އަޅާ ވޭން ކުޑަ ކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށްވެ އެވެ. އެގޮތުން 12 ވަރަކަށް ގަޑި އިރުވަންދެން އޯބަތްކޮޅެއް ފެނަށް ލުމަށްފަހު އެ ފެންތަށި ބޯލުމުން މައްސަރު ކަންތަކުގެ ތަދު ކުޑަވާނެ އެވެ.
ދިރި ސައި
ދިރި އަކީ މީހާ ހަމަޖައްސާލުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެންޓި އިންފްލިމޭޓަރީ ޕްރޮޕަޓީސްވެސް ހިމެނޭ ދިރި އަކީ މައްސަރު ތަދު ކުޑަކޮށްދޭ އެއްޗެކެވެ. އެހެންކަމުން މައްސަރު ދުވަސްވަރު މާ ބޮޑަށް ރިއްސާ ނަމަ ދިރި ސައި ތަށްޓެއް ތައްޔަރު ކޮށްލުމަށްފަހު ބޯލާށެވެ.
ކަސްރަތު ކުރުން
ކިތަންމެ ސިއްހަތު ރަނގަޅު ނަމަވެސް ގަވާއިދުން ކަސްރަތު ކުރުން ވަރަށް މުހިއްމެވެ. ހާއްސަކޮށް މައްސަރު ދުވަސްވަރު ގަވާއިދުން ކަސްރަތު ކުރުން ކޮންމެހެން މުހިއްމެވެ. ސަބަބަކީ ކަސްރަތަކީ މައްސަރު ކަންތައް ދިމާވުމުން ވާ ތަދު ކުޑަކޮށްދޭ ކަމަކަށް ވާތީ އެވެ.
61 އަހަރުގައި އާމިރު ކުރި ކައިވެނީގެ ބައެއް ސިއްރުތައް!
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އާއެކު މުޅިން އާ ބާބެއް!
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ބްލޭކްއެއް ނުފެނުނު!
އަންނި އަކީ ކެއްމަދުވެފާ ހުރިމީހެއްވީމަ އިބޫއަށް ފަސޭހަ އިން ރިޔާސީ ޓިކެޓް ލިނޭނެ