މި ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުގެ ލިސްޓު މާ ދިގު ވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ނަޝީދަށް ރައްދު ދެއްވައިފި އެވެ.

އައްޑޫ ސިޓީ މީދޫގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީ އިވެންޓެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އައްޑޫ މީދޫގައި މިއަދު ބޭއްވި ކެމްޕެއިނު ހަރަކާތެއްގައި ރައީސް ވިދާޅުވީ ހަމައެކަނި އައްޑޫއަށް ބެލި ނަމަވެސް ފެންނަނީ ކަންކަން ނިމިފައިވާ މަންޒަރު ކަމަށެވެ.

"މީދޫ ދާއިރާ، ހުޅުމީދޫ އަށް ބެލިނަމަވެސް ބުނެލަން އޮތް އެއްޗަކީ ނިމިއްޖެ، ނިމިއްޖެ، ނިމިއްޖޭ،" ރައީސް ވިދާޅުވި އެވެ.

ސިއްހީ މަރުކަޒާއި ބަނދަރާއި ފުޓްސަލް ދަނޑާއި ހުޅުމީދޫ ބޮޑުމަގާއި އިޖުތިމާއީ މަރުކަޒު ޓެންޑާ ކުރެވިފައިވާ ކަމަށާއި ދަނޑުތައް ވެސް ނިމިއްޖެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ "ނިމިއްޖެ" ކިޔާފައި ކިޔަން އޮތް ލިސްޓު މާ ދިގު ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ މަޝްރޫއުތައް ކުރިއަށް ގެންދަމުން އަންނަނީ އައްޑޫ ސިޓީގެ ރައްޔިތުން އަތުން، ލިޔެ ތައްޔާރު ކުރި މެނިފެސްޓޯގައި ވާ ގޮތަށް ކަމަށެވެ.

ނިމިއްޖެ ލިސްޓް މާ ދިގުވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނާ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވާ ރައީސް ސޯލިހު ވާހަކަ ދެއްކެވީ ސަރުކާރުން ބުނަނީ އަންނަނީ އަންނަނީ، އަންނަނީ ކަމަށާއި ސަރުކާރު ސްލޯކަމަށް ވިދާޅުވެ ރައީސް ނަޝީދު ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމުންނެވެ.