ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެންމެ ކާމިޔާބު ބޮލީވުޑް ތަރިއެއްގެ ގޮތުގައި ސަލްމާން ޚާން ފާހަގަކޮށްލެވެ އެވެ.

ގިނަ ބައެއްގެ ލޯބި ސަލްމާނު ހޯދާފައިވާއިރު، ފޭނުން އަބަދުވެސް ސަލްމާނަށް އެންމެ ކަމުދާ އެއްޗެތީގެ މައުލޫމާތުތައް ހޯދާކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ.

އެގޮތުން ސަލްމާނަށް އެންމެ ކަމުދަނީ ކޮން ވައްތަރެއްގެ ސެންޓުތަކެއްތޯ ވެސް ގިނަ ބަޔަކު އޭނާއާ ސުވާލުކޮށްފައިވެ އެވެ.

އެ ސުވާލަށް ސަލްމާނު ޖަވާބުދީފައިވާއިރު، އޭނާއަށް އެންމެ ކަމުދަނީ ވިކްޓޯރިޔާ ސީކްރެޓްގެ "ވެރީ ސެކްސީ" ނަމަކަށް ކިޔާ ސެންޓު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ސަލްމާނަށް މި ސެންޓުތައް ކަމުދާވާހަކަ އެތައް ފަހަރަކު އޭނާ ބުނެފައިވެ އެވެ. ފިރިހެނުންނަށް ހާއްސަ ވިކްޓޯރިއާގެ ސެންޓު 59.95 ޑޮލަރާއި، 79.95 ޑޮލަރާ ދެމެދުގެ އަގެއްގައި ލިބެން ހުރެ އެވެ.

ސަލްމާނަކީ ބޮލީވުޑްގައި ވިދަމުންދާ ތަރިއެއްގެ ގޮތުގައި އާންމުން ސިފަކޮށްފައިވާއިރު، އޭނާ ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ. ހަމައެހެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް އެކްޓަރެއްގެ ގޮތުގައި އަދިވެސް ސަލްމާނު ވާކަން ފާހަގަކޮށްލެވެ އެވެ.