ހއ. ތަކަންދޫ ކައުންސިލްގެ ބައި އިލެކްޝަން ވެރިކަންކުރާ އެމްޑީޕީން ކާމިޔާބު ކޮށްފިއެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތަކަންދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވީ ކުރީގެ މެންބަރަކަށް ހުންނެވި ޒާހިޔާ އަލީ އިސްތިއުފާ ދެއްވުމުންނެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝައުފާ އާ ވާދަކުރެއްވީ އަމިއްލަ ކެންޑިޑޭޓް ފަހީމާ މުހައްމަދެވެ.
މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބުނީ 675 މީހަކަށެވެ. ޝައުފާއަށް 237 ވޯޓު ލިބުނުއިރު ފަހީމާއަށް ލިބިފައިވަނީ 203 ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 440 އެވެ. އަދި ބާތިލު ވޯޓުގެ އަދަދަކީ އަށެކެވެ.
ތަކަންދޫ ކައުންސިލްގެ މެޖޯރިޓީ އޮތީ ވެސް އެމްޑީޕީއަށެވެ.

ރަމަޟާން މަހުގެ 27 ވިލޭރޭ ހަރަމްފުޅު ފުރި ބާރުވެއްޖެ
އީރާނުން ތެލް އަވީވް ހުސްކުރަން 24 ގަޑިއިރުގެ މުހުލަތެއް ދީފި
