ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންއަށް ފޭނަކު ކުރި ސުވާލަކަށް ދިން ޖަވާބުން ގިނަ ބައެއްގެ ތައުރީފު ޝާހުއަށް ލިބެން ފަށައިފި އެވެ.
ޝާހު ވަނީ 15 މިނެޓު ވަންދެން އޭނާއަށް ކޮންމެ ސުވާލެއް ވެސް ކުރެވޭނެ ކަމަށް ބުނެ އާންމުންނަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. އެއާއެކު ޝާހުގެ ގިނަ ފޭނުން ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް ސުވާލުތައް އަމާޒުކުރަމުންނެވެ.
އެގޮތުން ފޭނަކު ވަނީ އޭނާ ފިލްމީ ކެރިއަރުން ވަކިވާނީ ކޮން އިރަކުންތޯ ސުވާލުކޮށްފަ އެވެ. އަދި ޝާހު ފިލްމީ ކެރިއަރުން ވަކިވުމުން ދެން އަންނާނީ ކާކުތޯ ވެސް އޭނާ ސުވާލުކޮށްފައިވެ އެވެ.
މި ސުވާލަށް ޖަވާބުދެމުން ޝާހު ބުނީ، އޭނާގެ ހަޔާތުގައި ފިލްމީ ކެރިއަރާއި ދުރަށް ދާން ޖެހޭނެ އެއްވެސް ދުވަހެއް ނާންނާނެ ކަމަށެވެ. އަދި އެކަން ކުރަން ބޭނުން ނަމަ ބަޔަކު ޖެހޭނީ ޝާހު އެކަމުން ކަނޑާލަން ކަމަށް އޭނާ ބުނެފައިވެ އެވެ.
ޝާހުއަކީ ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އެންމެ މޮޅު އެއް އެކްޓަރެވެ. އޭނާއާ އެއް ހަމައަށް އެއްވެސް ތަރިއަކަށް އާދެވިފައި ނުވާ ކަމަށް ވެސް ބައެއް މީހުން ގަބޫލުކުރެ އެވެ.