މޭވާޖފލރ ހިމެނޭ ވިޓަމިނާއި މިނަރަލާއި ހަށިގަނޑުގެ ހެދިބޮޑުވުމާއި ދުޅަހެޔޮކަމަށް މުހިންމު އެތައް މާއްދާއެއްގެ މުއްސަނދިކަމާއިމެދު ހިމެނޭ ތަކެތިކަން އެއްވެސް މީހަކު ދެބަހެއް ނުވާކެލފން ޔަޤީނެވެ.
މޭވާ ކެއުމުގައި އަޅުގަނޑުމެންގެ އާދައަކީ އޭގެ ތޮށްޓާއި އޮށާއި ތަނޑި އަދި ފަތްތައް އުކައިލުމެވެ. އެހެންނަމަވެސް ތަޖުރިބާކާރުން އެއްބަސްވާގޮތުގައި އަޅުގަނޑުމެން އުކައިލާ މިބައިތަކަކީ އޭގައި ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާއެއް އެކުލެވޭ ބައިތަކެކެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ މޭވާގެ ތޮށިން ލިބޭ ފައިދާތައް އެނގިހުރެ ނަމަވެސް ނުވަތަ ނޭނގި ނަމަވެސް އެ މެށުމަށްފަހު މޭވާ ކާ މީހުންނެވެ.
މޭވާ އޭގެ ތޮށްޓާއަކު ކެއުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް އިތުރު ކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކާފައިވެ އެވެ.
ކަން މިހެން އޮތްނަމަވެސް ކިވީ ފަދަ ބައެއް މޭވާގެ ތޮށި ކެއުމަކީ ބައެއް ފަރާތްތަކަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. އެހެން ކަމަށް ވާނަމަ އެ ތޮށި މިކްސަރަކުން ގިރައިގެން އޭގެ ފަނި ބުއިމަކީވެސް އެންމެ ރަނގަޅު ގޮތެކެވެ.
މޭވާ އޭގެ ތޮށްޓާއެކު ކާނަމަ އެ ރަނގަޅަށް ދޮންނަން ހާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ. އެހެންނޫންނަމަ ތޮށިގަނޑުގައިވާ ޖަރާސީމު ހަށިގަނޑަށް އެތެރެވާނެ އެވެ.