މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ކުލަގަދަ 95 ވަނަ އޮސްކާ އެކެޑަމީ އެވޯޑްގައި އިންޑިއާގެ ދެ އުފެއްދުމަކަށް އެވޯޑު ލިބިއްޖެ އެވެ.

އެގޮތުން ދެކުނު އިންޑިއާގެ ފިލްމެއް ކަމަށްވާ އާރްއާރްއާރްގެ "ނާތޫ ނާތޫ" ލަވަައަށް ބެސްޓް އޮރިޖިނަލް ސްކޯގެ އެވޯޑް ލިބުނުއިރު ޝޯޓް ޑޮކިއުމެންޓްރީގެ ބައިން އެވޯޑް ގެންދިޔައީ "ދަ އެލެފަންޓް ވިޝްޕަރާސް" އެވެ.

ނާތޫ ނާތޫގެ އެވޯޑް ބަލައި އެ ލަވައިގެ ކޮމްޕޯޒަރުން ސްޓޭޖަށް އެރިއިރު "ދަ އެލެފަންޓް ވިޝްޕަރާސް"ގެ އެވޯޑް ބަލައިގަތީ އެ ފިލްމުގެ ޕްރޮޑިއުސަރުންނެވެ.

ނާތޫ ނާތޫއަށް އެވޯޑް ލިބުނުއިރު ހަފްލާގެ ތެރެއިން އެލަވަ ހުށައަޅައިދީފައިވެސްވެ އެވެ. ލަވަ ތައާރަފް ކޮށްދިނީ ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން އެވެ.

އިންޑިއާއަށް އޮސްކާގައި ލިބުން ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އެ ގައުމުގައި އުފާފާޅުކުރުން ކުރިއަށްދާއިރު، އެކަމުގެ އުފަލުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ މެސެޖެއް ފޮނުވާފަ އެވެ.

މިކަމުން އެނގެނީ ބޮލީވުޑްގެ އިތުރުން ވެސް އިންޑިއާގެ އެހެނިހެން އުފެއްދުންތަކަކީ ވެސް ދުނިޔޭގެ ސަމާލުކަން ހޯދިދާނެ އުފެއްދުންތަކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.