އޮޅު ޖަނަވާރު ގެންގުޅުމަކީ އަހަރުމެންގެ މުޖުތަމައުގައި މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ ކަމެކެވެ. އެއީ އެތައް ގޮތަކުން މީހާގެ ދިރިއުޅުމަށާއި ސިއްހަތަށް ފައިދާކުރާ ކަމެކެވެ.

ހިތްހަމަޖެހުން ލިބޭ

އޮޅު ޖަނަވާރު ގެންގުުޅުމަކީ ދުނިޔޭގައި ލެއްވި މަހުލޫގަކަށް އެހީތެރިވެވޭ ކަމުގެ އިހުސާސް ކުރެވި އެކަމުގެ ހިތްހަމަ ޖެހުން ހިތަށް ލިއްބައިދޭނެ ކަމެކެވެ. މީގެ އިތުރުން އޮޅު ޖަނަވާރު ގެންގުޅުމަކީ މޫޑު ރަނގަޅުވެ އުފާވެރިކަން ގެނެސްދޭ ކަމެއް ކަމަށް ދިރާސާތަކުން ހޯދިފައިވެ އެވެ.

ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދޭ

އޮޅު ޖަނަވާރު ގެންގުޅޭ މީހުންގެ ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު އެނޫން މީހުންނަށް ވުރެ ކޮންޓްރޯލް ކުރެވިފައި ހުންނަ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އެެހެންކަމުން އުމުރުގެ ފަހުކޮޅުގައި މިފަދަ ބަލިތަކަށް ބޭސްކެއުން ދުރުކޮށްދެ އެވެ.

ސްޓްރެސް ދަށްކޮށްދޭ

އޮޅު ޖަނަވާރަކާއެކު ވަގުތުކޮޅެއް ހޭދަކުރުމަކީ ސްޓްރެސްއާއި އެންޒައިޓީއަށް އޮތް ފަރުވާއެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. ވުމާއެކު އޮޅު ޖަނަވާރު ގެންގުޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް އެޅޭ ރަނގަޅު ނިންމުމެކެވެ.