ތިމާގެ ހަނދާން ގަދަކުރުމަށާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް، ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތަކަކީ މުހިއްމު އެއްޗެކެވެ. މި ލިޔުމުގައި މި ބަލާލަނީ ހަނދާން ގަދަކޮށްދޭ ބައެއް ކެއުންތަކަށެވެ.

ބްލޫބެރީ

ބްލޫބެރީސް އަކީ ފައިބަރުން މުއްސަނދި ވެފައިވާ ބާވަތެކެވެ. އަދި އެއީ ތިބާގެ ހަނދާން ގަދަކުރުމަށާއި ދުޅަހެޔޮ ދިފާއީ ނިޒާމަކަށް ބޭނުން ކުރުމަށް ވަރަށް ފައިދާ ހުރި މޭވާއެކެވެ. އަދި ހަމައެހެންމެ ބްލޫބެރީސް އަކީ ގްލޫޓަން ފްރީ އެއްޗެކެވެ. އަދި މިއީ ސިކުނޑީގައި ސިގްނަލް އިތުރުކުރާ އެއްޗެއް ވެސް މެއެވެ.

ބަރަބޯ އޮށް

ބަރަބޯ އޮށަކީ ޕްރޮޓީން އާއި ފައިބަރުން މުއްސަނދި ވެފައިވާ ސުޕާ ފުޑް އެކެވެ. މި މިނަރަލްތަކަކީ ތިބާގެ ވިސްނުން ރަނގަޅު ކޮށްދޭ އަދި ހަނދާން ގަދަކޮށްދޭ ބާރުގަދަ މިނެރަލްތަކެކެވެ. ބަރަބޯ އޮށަކީ ސްޓްރެސް ނައްތާލާ އެއްޗަކަށް ވެފައި އެއީ ހަނދާން ގަދަ ކުރުމަށް ކެއުމަށް ރަނގަޅު އެއްޗެކެވެ.

ޑާކް ޗޮކޮލެޓު

ޑާކް ޗޮކްލެޓަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ. މިއީ ސްޓްރެސް ވާލެއް ކުޑަކޮށްދީ އަދި ޑިޕްރެޝަންގެ މިންވަރު ދަށްކޮށްލައި ހަނދާން ގަދަކުރުމަށް އެހީވެދޭ ކާނާ އެކެވެ. މި ދުޅަހެޔޮ ކާނާ އަކީ ހަމަގައިމުވެސް ފުރާނަ ސަލާމަތް ކޮށްލާ ފަދަ ރަހަ މީރު އެއްޗެކެވެ.

ކޮފީ

ކޮފީގައި އެކުލެވިގެންވާ އެއް ބާވަތަކީ ދިގު މުއްދަތަކަށް ހަނދާން ގަދަ ކޮށްދޭ އެއްޗެކެވެ. އެއީ ސިކުނޑީގެ މަސައްކަތަށް ބޮޑު އަސަރެއް ކުރުވާ ޑްރަގެއް ފަދަ އެއްޗެކެވެ. މި ނޫނަސް ގުނާ އަދަދު ނުކުރެވޭހާ ގިނަ ސިއްހީ ފައިދާތައް ކެފެއިން އިން ލިބެއެވެ.

ވޯލްނަޓް

ކޮންމެ ދުވަހަކު ވޯލްނަޓް ކެއުމަކީ ތިބާގެ ހަނދާނާއި ކޮގްނިޓިވް ސިއްހަތު ވަރަށް ބޮޑަށް ރަނގަޅުކޮށްދޭ ކަމެކެވެ. އަދި އެއީ އިންފްލެމޭޝަން ވެސް ދުރުކޮށްދޭ ކަމެކެވެ. ވޯލްނަޓް ކައިގެން އެކަނި ވެސް މިހާރު ސްމާޓް ވެވިދާނެއެވެ.