ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ޝާހްރުކް ޚާންގެ ޕަތާން އޮންލައިން ޕްލެޓްފޯމްތަކުގައި ރިލީޒް ކުރަން ތައްޔާރު ވެއްޖެ އެވެ.

ބޮކްސް އޮފީހުގައި 1046 ކްރޯޑަށްވުރެ ބޮޑު އާމްދަނީއެއް އެ ފިލްމުން ހޯދާފައިވާއިރު އޯޓީޓީ ޕްލެޓްފޯމް މެދުވެރިކޮށް ވެސް އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެ އެވެ.

އެގޮތުން އޯޓީޓީގައި ޕަތާން ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަދު އެވެ. މި ފިލްމުގެ އޯޓީޓީ ކޮޕީރައިޓްސް ދީފައިވަނީ އެމޭޒަން ޕްރައިމް ވީޑިއޯ އަށެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން ފެނިގެން ދިޔަ ފުރަތަމަ ފިލްމުން ވަނީ ބޮކްސް އޮފީހުގެ ގިނަ ރެކޯޑްތަކެއް މުގުރާފަ އެވެ.

އެގޮތުން އެ ފިލްމަކީ މިހާރު އިންޑިއާއާއި އިންޑިއާއިން ބޭރުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލުމުގެ މަގާމު ހޯދާފަ އެވެ. މީގެ ކުރިން އެ ލަގަބު އޮތީ އާމިރު ޚާންގެ ޑަންގަލް އަށެވެ.

ޕަތާންގެ ކާމިޔާބީއަށްފަހު ޝާހްރުކް މިހާރު އަންނަނީީ އޭނާގެ ކުރިއަށް އޮތް ފިލްމު ޕަތާންގެ މަސައްކަތްތައް ކުރަމުން ކަމަށް ހަބަރުތައް ބުނެ އެވެ.