ކުރީގެ ބައިވެރިޔާ ޒައިން މަލިކް އުފަލުގައި އުޅޭނަމަ އެހެން މީހަކާ ގުޅުމަކީ މައްސަލައެއް ނޫން ކަމަށް އިނގިރޭސި މޮޑެލް އަދި ލަވަކިޔުންތެރިޔާ ގިގީ ހަދީދް ބުނެފި އެވެ.

ގިގީ މިހެން ބުނެފައިވަނީ ޒައިންއާއި ސެލީނާ ގޯމޭޒް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުތައް އަރާފައި ވަނިކޮށެވެ. ވަރަށް ފަހުން އެ ދެތަރިން އެކުގައި ވެސް ވަނީ ފެނިފަ އެވެ.

ޒައިންއާއި ގިގީ ގާތްގަނޑަކަށް ފަސް އަހަރު ވަންދެން ރައްޓެހިވެގެން އުޅުނުއިރު އެ ދެތަރިންނަށް ދަރިއަކު ވެސް ވަނީ ލިބިފަ އެވެ. އެއީ ކައި އެވެ.

ފަސް އަހަރު ދުވަހު އެކީގައި އުޅުމަށްފަހު ޒައިންއާއި ގިގީ ވަކިވީ ޒައިންއާއ ގިގީގެ މަންމަ ޔޯލާންޑާ ހަދީދްއާ ދެމެދު ޖެހުނު މައްސަލައެއްގަ އެވެ.

ސެލީނާއާއި ޒައިންގެ ގުޅުމާ ބެހޭ ގޮތުން ގިގީ ވާހަކަ ދައްކާފައިވާއިރު ސެލީނާ ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޖަސްޓިން ބީބާގެ މިހާރުގެ އަންހެނުން ހެއިލީ ބީބާ ދިފާއު ކޮށްވެސް ވާހަކަ ދައްކާފަ އެވެ.

އެގޮތުން ސެލީނާ ވަނީ ހެއިލީއަށް ކުރާ ނަފްރަތާއި ފުރައްސާރަ ހުއްޓާލަން އާއްމުންގެ ކިބައިން އެދިފަ އެވެ. ސެލީނާގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި އޭނާއާއި ޖަސްޓިން ވަކިވާން ޖެހުނީ ހެއިލީގެ ސަބަބުންނެވެ.