އޭނާގެ ފުރިހަމަ ނަމަކީ "ޑްރިންކް ވޯޓާ ވީ ރިވޭރާ" އެވެ. އަޑުއަހާ އެހުމަށް ތަފާތު މަޖާ ނަމަކަށް ވެދާނެ އެވެ. އެ ނަމުގެ ސަބަބުން އޭނާއަށް އެތައް ބައެއްގެ މަލާމާތާއި ފުރައްސާރަ ވެސް އަމާޒުވި އެވެ.

އިނގިރޭސި ބަހުން ފެން ބުއިމަށް ބުނާ ބަސް ކަމަށްވާ "ޑްރިންކް ވޯޓާ" ވީ ފިލިޕީންސްގެ މި ޒުވާނާގެ ނަމަށެވެ. އެ ނަމާއެކު އޭނާގެ ހަޔާތް ވޭތުކުރަން ޖެހިފައިވާއިރު އެކަމުން ކޮންމެވެސް ވަރެއްގެ ފައިދާއެއް ވެސް އޭނާ ވަނީ ހޯދާފަ އެވެ.

ޑްރިންކް ވޯޓާ އެންމެ ފުރަތަމަ އާއްމުންގެ ސަމާލު ކަމަށް އައީ އޭނާގެ ޔުނިވާސިޓީ އައިޑީ ކާޑު ފޭސްބުކްގައި ދައުރުވާން ފެށުމުންނެވެ. ގިނަ ބަޔަކު އެ ފޮޓޯ ޝެއާކޮށް ޖޯކު ވެސް ޖަހައި އުޅުނެވެ.

އެހެން ނަމަވެސް ޑްރިންކް އެ ފުރުސަތު ބޭނުން ކުރީ އޭނާގެ އަމިއްލަ ފައިދާ އަށެވެ. މާ ގިނަ ދުވަހެއް ނުވެ އޭނާ އެނބުރި އައީ އެނާޖީ ބުއިމެއްގެ އިޝްތިހާރާއެކުގަ އެވެ.

ޑްރިންކް ވޯޓާގެ އާއިލާގައި އާދަޔާ ޚިލާފު ނަމެއް ލިބިފައިވަނީ ހަމައެކަނި އޭނާއަަކަށް ނޫނެވެ. އޭނާގެ އެއްބަނޑު އެއްބަފާ ދައްތައިންގެ ނަމަކީ ޥިނާ (މޮޅު މީހާ) އަދި ރައިސް (ބަތް) އެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޑްރިންކް ބުނީ އެއާއިލާގެ ކުދިންނަށް ތަފާތު ނަންތައް ދޭން ނިންމީ އޭނާގެ މަންމަ އެވެ. އެގޮތުން ޑްރިންކް ވޯޓާއަށް އެނަން ދެވުނީ ވިހެއުމުގެ ތެރޭގައި އޭނާގެ މަންމައަށް ފެނާ ނުލާ ނޭވާ ނުލެވުމުންނެވެ.

ޑްރިންކް އިތުރަށް ބުނީ އޭނާގެ ނަމުގެ ސަބަބުން އޭނާއަށް އެއްވެސް އުނދަގުލެއް ނުވާ ކަމަށާއި ތަފާތު ނަމެއް ލިބިފައިވާތީ އުފާކުރާ ކަމަށެވެ.