އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ފަތިސް ނަމާދު އެޅެނީ ގަޑިއަށް ނުހޭލެވިގެންނެވެ. ނަމާދު ކުރަން ހިތުގައި އޮތް ނަމަވެސް ހޭލެވޭނީ ވަގުތު ފާއިތުވާ ފަހުންނެވެ. މި ލިޔުމުގައި މި ބަލާލަނީ ފަތިސް ނަމާދަށް ހޭލުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ފޯނު އަތްނުފޯރާ ފަށުގައި ބޭއްވުން
ނިދަން އޮށޯތުމަށްފަހު ފޯނާ ކުޅެން އެތައް ވަގުތެއް ހޭދަވެ އެވެ. ނަތީޖާއަކަށް ވަނީ ލަހުން ނިދި އަވަހަށް ހޭލަން އުނދަގޫ ވުމެވެ. ފޯނު އެލާމް ވިޔަސް ކައިރީގައި އޮންނަނަމަ އެލާމް ނިއްވާލަން ފަސޭހަވެ އެވެ. އެހެން ކަމުން ފޯނު ދުރުގައި ބޭއްވުމަކީ އެންމެ ބުއްދިވެރި ގޮތެއް
އިރުއޮއްސުމަށްފަހު ކެފެއިންއާ ދުރުވުން
ފަތިހު ތެދުވަން ބޭނުންނަމަ އިރުއޮއްސުމަށްފަހު ކޮފީ ބުއިމަކީ ރަނގަޅު އާދައެއް ނޫނެވެ. ދިރާސާއަކުން ދައްކާގޮތުން ރޭގަނޑު 400 މިލިގްރާމް ކޮފީ ބޭނުންކޮށްފިނަމަ ހަ ގަޑިއިރު ވާންދެން ނިދަން އުނދަގޫވެ އެވެ.
ނިދުމުގެ ކުރިން ފެން ބުއިން
މި ކަމަށް ދިރާސާއެއް ހެދިފައި ނެތަސް ނިދުމުގެ ކުރިން ގިނައިން ފެން ބުއިމަކީ ފަތިސް ވާވަރަކަށް ތިބާ ކުޑަކަމުދާން ޖެހި ނިދިން ހޭލެވޭނެ ކަމެކެވެ.
ނިދާ ގަޑިއަށް އެލާމް ކުރުން
ފަތިހު ހޭލަން ފޯނު ނުވަތަ ގަޑި އެލާމްކުރާ ބީދައިން ނިދަން ޕްލޭންކުރާ ވަގުތަށް އެލާމް ސެޓް ކުރުމަކީ ފަތިހު ތެދުވުމަށް ލިބޭ ހިތްވަރަކަށް ވެ އެވެ.