"އޮޕްޓިކަލް އިލޫޝަންސް"ތަކަކީ އިންސާނުންގެ ސިކުނޑީގެ ވިސްނުމުގެ ބާރު ދެނެގަތުމަށްޓަކައި ބޭނުންކުރެވޭ އުކުޅެކެވެ. މި ފަހުން އިންޓަނެޓުގައި ދައުރުވަމުންދާ މި ފޮޓޯއަކީ ވެސް އެފަދަ އިލޫޝަން އެކެވެ.

ކަޅާއި ހުދުން ފެންނަ އެ ފޮޓޯގައި އެކި ގޮތްގޮތަށް 13 ޖަނަވާރުން ފޮރުވިފައިވެ އެވެ. އެންމެ 19 ސިކުންތުގެ ތެރޭގައި އެ ހުރިހާ ޖަނަވާރުން ހޯދުމަށް ފޮޓޯ ދޫކޮށްލި ފަރާތުން ބުނެފައިވެ އެވެ.

އެންމެ ފުރަތަމަ ބަލާލުމުން ކަޅު އެތެއް ފެންނަ އެ ފޮޓޯއަށް ފަރުވާތެރިކަމާއެކު ބަލާލައިފިނަމަ އެހެން ޖަނަވާރުން ވެސް ފާހަގަވާން ފަށަ އެވެ.

އެހެން ނަމަވެސް އެ ފޮޓޯގައިވާ ހުރިހާ ޖަނަވާރުން ހޯދޭނީ ވަރަށް މަދު ބަޔަކަށް ކަމަށާއި އެއީ ސިކުނޑީގެ ވިސްނުމުގެ ބާރު އެންމެ ގަދަ މީހުން ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ.

މިފަދަ އޮޕްޓިކަލް އިލޫޝަންތައް، ދުވަސް ދުވަސްކޮޅުން އިންޓަނެޓުގައި ވައިގައި ހިފާއިރު އެ ފޮޓޯތަކާ ބެހޭގޮތުން ގިނަ ބަހުސްތައް ވެސް ކުރެވޭ ފަހަރު އާދެ އެވެ.

ތޭރަ ޖަނަވާރު ނުފެނުނު ހެއްޔެވެ؟ ހާސް ނުވާށެވެ. ތިރީގައި އެވަނީ ފޮޓޯއިން ފެންނަ ހުރިހާ ޖަނަވާރު ވަކިވާ ގޮތަށް ފާހަގަ ކުރެވިފަ އެވެ.

ޖަނަވާރުން ފާހަގަ ކުރެވިފައި