އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯއަް އާންމުންގެ ހިޔާލުހޯދުމަށް ހިންގާ ހަރަކާތުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މިއަދު އެޕާޓީގެ ބޮޑު ދިދަ ނަގައިފި އެވެ.

އެމްޑީޕީގެ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެޕާޓީން ވަނީ މިހާރު މަސައްކަތް ފަށާފައެވެ.

އެކަމަށްޓަކައި މާލެ އިން 400 ވުރެ ގިނަ މަންދޫބުން ވަނީ އަތޮޅުތަކަށް ގޮސްފައެވެ. މަޖިލީސް މެންބަރުންނާއި ކުންފުނިތަކުގެ ވެރީން އަދި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އަދި މިނިސްޓަރުންގެ ނާއިބުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން މި ދަތުރުތަކުގައި ބައިވެރިވެއެވެ.

މިހަރަކާތުގެ ތެރެއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީހުން ދިރިއުޅެ ކޮންމެ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދަ ވަނީ މިއަދު ނަގާފައި

މިހަރަކާތުގައި ދޮރުން ދޮރަށް ހިނގާ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތު އެއް ކުރުމާއި ޕޯސްޓަރު ހަރުކުރުން ކުރިއަށް ގެންދެ އެވެ. މިހަފްތާ ބަންދުގައި ހުރިހާ ރަށަކަށް ގޮސް މި މައުލޫމާތުތައް އެކުރުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.