އަނގަފާރު ވުމަކީ ވަރަށް އުނދަގޫ އަދި ވޭންހުރި ކކަމެކެވެ. އެހެން ނަމަވެސް މިއީ ގެއިން ވެސް ވަރަށް ފަސޭހަ ކަމާއެކު ހައްލު ހޯދިދާނެ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބައެއް ފަރުވާތަކަށެވެ.
މާމުއި
މާމުޔަކީ ޒަމާނުއްސުރެ ބޭސްފަރުވާ އަށް ބޭނުން ކުރަމުން އަންނަ އެންޓި އިންފްލެމެންޓަރީ އަދި އެންޓި ބެކްޓީރިއަލް މާއްދާތައް ހިމެނޭ އެއްޗެކެވެ. ފާރުގަނޑުގައި މާމުއި އުނގުޅުމުން އާޓިޝޫތައް އުފެދި ފާރު ރަނގަޅު ވުމަށް އެހީވެދެ އެވެ.
އަލޯވެރާ
އަލޮވެރާގައި ހުންނަ ޖެލް އަކީ ހުރިހާ ވައްތަރެއްގެ ފާރަށްވެސް ރަނގަޅު ފަރުވާއެކެވެ. މި ޖެލްގައި ހިމެނޭ އެންޓި އިންފްލެމެންޓަރީ މާއްދާއިން ފާރުގަނޑު ފަސޭހަކޮށްދީ ތަދު ކަނޑުވަ އެވެ. އަލޮވެރާ ޖެލްކޮޅެއް ފެންފޮދަކަށް އަޅާފައި އެފެނުން ކޮންމެ ދުވަހަކު ދެފަހަރު އަނގަ ދޮންނާށެވެ.
ކާށިތެޔޮ
ކާށި ތެލުން އަނގައިގައި ހެދިފައި ހުންނަ ފާރުގެ އެތެރޭގައި ހުންނަ ފަށަލަތައް ބެދި ރަނގަޅު ކޮށްދިނުމަށް އެހީވެދެއެވެ. ކާށިތެލަކީ އެންޓި އިންފްލެމެންޓަރީ އެއްޗަކަށް ވުމުން އޭގެން ތަދުކެނޑުމަށް ވެސް އެހީވެދެ އެވެ.
ލޮނު އަދި ބޭކިންގ ސޮޑާ މިކްސް
އެންމެ ފަސޭހައިން އަނގައިގެ ފާރު ފަސޭހަ ކުރެވޭނީ ތާފާނާ ފެނަށް ލޮނު ނުވަތަ ބޭކިންގ ސޮޑާ އެޅުމަށްފަހު އެފެނުން އަނގަ ދޮވުމުންނެވެ. މީގައި ހިމެނޭ އެންޓި ބެކްޓީރިއަލް މާއްދާ ތަކުން ފާރުތައް ރަނގަޅުވެ އެވެ.